އައިޖީއެމްއެޗްގެ އެނެސްތޮލޮޖީ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފް
އައިޖީއެމްއެޗްގެ އެނެސްތޮލޮޖީ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފް
މަސާޖް ޕާލާއެއްގައި އޮންނަވަނިކޮށް ފުލުހުން އެތަން ރެއިޑުކޮށް ހައްޔަރު ކުރުމަށްފަހު ދޫކޮށްލީ އެއްވެސް ގޮތަކަށް ނުފޫޒު ފޯރުވައިގެން ނޫންކަމަށް އައިޖީއެމްއެޗްގެ އެނެސްތޮލޮޖީ ޑޮކްޓަރު، ޑރ. އިސްމާއިލް ލަތީފް (އިއްސެ) ވިދާޅުވެއްޖެއެވެ.

އިއްސެ މިހެން ވިދާޅުވެފައިވަނީ އޭނާ ހައްޔަރު ކުރުމުން ކްރިމިނަލް ކޯޓުގެ ޖަޖުންނަށް ގުޅައި ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގު ކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުަގައި އޭނާ ވިދާޅުވީ އޭނާއަކީ އަބަދުވެސް މަސާޖް ކުރަން ދާ މީހެއް ކަމަށާއި، އެކަން ކުރަނީ އާއިލާ މީހުންނަށް ސިއްރުން ނޫން ކަމަށެވެ.

އަދި މަސާޖެއްގައި އޮންނަވަނިކޮށް ފުލުހުން ކުރި ރެއިޑެއްގައި އެތާގައި ތިބި އެންމެން ހައްޔަރު ކޮށްގެން ގެންދިޔަ ކަމަށާއި އޭގެ ތެރޭގައި އޭނާވެސް ހިމެނޭ ކަމަށް އިއްސެ ވިދާޅުވެފައި ވެއެވެ. ނަމަވެސް ހައްޔަރުން ދޫކުރޭތޯ އޭނާވެސް އަދި އޭނާގެ އަނބިކަނބަލުންވެސް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިސްމާއީލް ވިދާޅުވީ މިކަންތައް ދިމާވުމުން އޭނާގެ ވަރަށް ގާތް ދެ ޑޮކްޓަރުން ކަމަށްވާ ނިޔާފް އާއި ފަޒްނީން، އެމީހުން ދަންނަ ފުލުހުންނަށް ގުޅައި ވާނުވާ އޮޅުން ފިލުވައިދިން ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ މި ހުރިހާ ކަމެއް ހިނގައިދިޔައީ އޭނާގެ އަނބިކަނބަލުން ގޭގައި ނިދިކުރައްވާފައި އޮންނަވަނިކޮށް ކަމަށާއި، އޭނާ ވީތަނެއް އަނބިކަނބަލުންނަށް އެނގިވަޑައިގަތީވެސް ކޯޓަށް ވެންނެވުމުގެ އިރުކޮޅެއް ކުރިން ކަމަށެވެ.

އަދި އޭނާ ހައްޔަރު ކުރި ނަމަވެސް ކުށެއް ކުރިތަން ނުފެންނަ ކަމަށް ކޯޓުގައި ފުލުހުން އިއުތިރާފް ވެފައިވާ ކަމަށްވެސް އިއްސެ ވިދާޅުވެފައި ވެއެވެ.

"މީހަކު މީހަކަށް ނުފޫޒު ފޯރުވާނެ ވަގުތެއް ނުވެސް ލިބޭ، އަދި ނުފޫޒު ފޯރުވާކަށް ނުވެސް ޖެހޭ،" އިއްސެ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ޑިމޮކްރެސީ އައިތާ 16 އަހަރު ވެފައިވާއިރު އަދިވެސް ސިޔާސީ މީހުންގެ ތަސައްރަފު ނުފުދޭ ކަމަށެވެ. އަދި އެމީހުންގެ މަސައްކަތަކީ ހިތްހަމަ ނުޖެހޭ ކަމެއް ވާއިރަށް މީހުންގެ އަބުރު ކަތިލުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.



މާލޭގައި ހިންގި "ޑައިމަންޑް ފިންގާސް" ނަމަކަށް ކިޔާ މި ސްޕާ ފުލުހުން ރެއިޑު ކުރީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅުއެވެ. މި ރެއިޑުގައި އިއްސެގެ އިތުރުން އިތުރު ބަޔަކުވެސް ހައްޔަރު ކުރިއެވެ.

އިސްމާއީލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ފިރިކަލުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން