ނިއުޓްރިއެންޓު މަދުވާނަމަ ހަމުގެ މައްސަލަތައް ދިމާވޭ- ގޫގުލް އިމޭޖެސް
ނިއުޓްރިއެންޓު މަދުވާނަމަ ހަމުގެ މައްސަލަތައް ދިމާވޭ- ގޫގުލް އިމޭޖެސް
ހަށިގަނޑުގެ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްދާނީ ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިނާއި މިނަރަލްތައްް ލިބިގެންނެވެ. މި ނިއުޓްރިއެންޓިތައް އަޅުގަނޑުމެންގެ ހަށިގަނޑަށް ލިބެނީ ކާއެއްޗެހީގެ ޒަރިއްޔާއިނެނެވެ. މިފަހަރު މި ހިމަނާލަނީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓުތައް ނުލިބޭނަމަ ދިމާވާ ބައެއް މައްސަލަތަކެވެ.

ހަމުގެ މައްސަލަތައް

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިއުޓްރިއެންޓުތައް ނުލިބޭނަމަ ހަމުގެ މައްސަލަތައް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ހަމުގެ އެކި ތަންތަން ހުދު ވުމާއި، ހަންގަނޑު ހިކި ކުރަކިވުމާއި، އަދި ހަމުގެ ކުލަ ބަދަލުވުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ތިބާގެ ހަށިގަނޑުގައި ވިޓަމިން ސީ، ވިޓަމިން ޑީ، ވިޓަމިން އީ، އަދި ޒިންކް ފަދަ މާއްދާތައް މަދުވެފައިވާކަމުގެ ނިޝާނެއް ކަމުގައި ވެދާނެއެވެ.

އަނގަ ކައިރި ފާރުވުން

އަނގައިގެ ކައިރީގައި ނުވަތަ ތުންފަތް ފަޅައިގެން ގޮސް ތުންފަތް ކައިރީގައި ފާރު ހެދުމަކީވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ނިއުޓްރިއެންޓުތައް ނުލިބޭ ކަމުގެ ނިޝާނެކެވެ. މިއީ ތިބާގެ ހަށިގަނޑުގައި ވިޓަމިން ބީ، އަޔަން، އަދި ޒިންކް ފަދަ މާއްދާތައް މަދުވެފައިވާނަމަ ދިމާވާ މައްސަލައެކެވެ.

ލޮލުގެ މައްސަލަތައް

ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓުތައް ނުލިބޭނަމަ ލޮލުގެ ތަފާތު އެކި މައްސަލަތައް ދިމާވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިސާލަކަށް ލޮލުގެ ފެނުން ދެރަވުމާއި، ލޯ ކައިރި ކަޅުވުމާއި، ލޮލުގެ ކަރުނަ ހިކުން ފަދަ މައްސަލަތައް ހިމެނެއެވެ. މިއީ ތިބާގެ ހަށިގަނޑުގައި ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން އީ ފަދަ މާއްދާތައް މަދުވެފައިވާނަމަ ދިމާވާ މައްސަލަތަކެކެވެ.

މަސްްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން