ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް އަރައި ހިންގި ލޭއޮހޮރުވުންތަކަށް ހިތްވަރުދީ ހަނގުރާމައިގައި ޖަރީމާތައް ހިންގުމަށް ހިތްވަރުދީފައިވާތީ އެމެރިކާގެ ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

އެމެރިކާ ސަރުކާރާ ދެކޮޅަށް މި ދައުވާތައް ކޮށްފައި ވަނީ އެމެރިކާގެ މުސްލިމުންގެ ޖަމުއިއްޔާއެއް ކަމަށްވާ ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) އިންނެވެ. މި ދައުވާތަކުގައި ކެއަރ އިން ތުހުމަތުކުރަނީ އިސްރާއީލުން ހިންގި ލޭއޮހޮރުވުމަށް އެމެރިކާ ސަރުކާރުން ހިތްވަރުދިން ކަމަށާއި، ނާޒީ ޒަޔަނިސްޓު ޖޫސްގެ ވެރިކަމަށް އެމެރިކާ ސަރުކާރުން ވާގިވެރި ވެފައިވާ ކަމަށެވެ.

ކެއަރ ގެ މި ދައުވާ ބިނާކޮށްފައިވާ އަސާސަކީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބައެއް މަސްއޫލުވެރިންނަށް ކިތާބީ ހެއްކާއެކު އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތައް ހިންގަމުން ދިޔަކަން އެމެރިކާ ސަރުކާރުގެ ސަމާލުކަމަށް ގެނައުމުންވެސް އެކަމަށް އަޅާނުލައި އިސްރާއީލަށް ވާގިވެރިވަމުން ދިއުމެވެ.

މި މައްސަލައިގައި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބްލިންކަންގެ ސަމާލުކަމަށް މިކަންކަން ގެނައުމުން އޭނާ އެކަން ފޮރުވަން މަސައްކަތް ކުރިކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމާ ނުރުހިގެން އެމެރިކާގެ ޚާރިޖިއްޔާގެ އެތައް މަސްއޫލުވެރިންނެއް މަގާމު ދޫކޮށް ވަޒީފާއިން އިސްތިއުފާ ދިނެވެ.

ކެއަރ އިން ބުނަނީ ބްލިންކެންއާއެކު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަކީވެސް މި ހަނގުރާމައިގެ ޖަރީމާތަކުގެ ބައިވެރިއެއް ކަމަށެވެ. އެ ޖަމިއްޔާއިން އިސްވެ އޮވެގެން އުފުލާ ދައުވާގައި ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކުގައި ޝަހީދުވެފައިވާ އެމެރިކާގެ ފަލަސްތީނު ދަރިކޮޅުގެ މީހުންގެ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން