ފަލަސްތީނުގެ ބިންތަކުން އެއްކޮށް ފައިބައި ދާއިމީކޮށް ހަމަލާތައް ހުއްޓައިފިނަމަ ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތުން ބުނެފިއެވެ.
ހަމާސް އިން ބުނީ ފަލަސްތީނުގެ ބިންތަކުން ޔަހޫދީ ސިފައިން ފައިބައި، ހަމަލާތައް ދާއިމީކޮށް ހުއްޓާލުމަށް އެއްބަސްވާނަމަ، އެ ޖަމާއަތުގެ ބެލުމުގެ ދަށުގައިވާ ހުރިހާ އަސީރުން އެއްފަހަރާ ދޫކޮށްލާނެ ކަމަށެވެ.
މިއީ ހަމާސްއާއި ޔަހޫދީ ދައުލަތާ ދެމެދު މިހާރު އަމަލުކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ހަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވިދާޅުވީ، ޣައްޒާގެ ހުރިހާ ސަރަހައްދަކުން ސިފައިން ފޭބުމަށް އެއްބަސްވާނަމަ، އެއްފަހަރާ ހުރިހާ އަސީރުން ދޫކޮށްލުމަށް ތައްޔާރަށް ތިބި ކަމަށެވެ.
ހާޒިމް ޤާސިމް ވިދާޅުވީ ހަމާސްއިން ހަތިޔާރު ބަހައްޓައި ޣައްޒާ ދޫކޮށް ދިޔުމަށް ޔަހޫދީ ދައުލަތުން ކުރާ ޝަރުތުތަކަށް އެއްބަސްނުވާނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދެވަނަ ފިޔަވަހި އަވަސްކުރުމުގެ ގޮތުން، އަންނަ ހޮނިހިރު ދުވަހު މިނިވަންކުރާ އަސީރުންގެ އަދަދު ތިނެކުން ހައެކަށް އިތުރުކޮށްފައިވާ ކަމަށް ހަމާސްގެ ވެރިޔާ ޚަލީލް އަލް-ޙައްޔާ އިއުލާނުކުރައްވާފައިވެއެވެ.
ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް 25 ޔަހޫދީ އަސީރުންގެ ބަދަލުގައި 1,135 ފަލަސްތީނު ރައްޔިތުން ވަނީ މިނިވަންވެފައެވެ. އަދި ކުރިއަށް އޮތް ހޮނިހިރު ދުވަހު ހަ ޔަހޫދީ އަސީރުންގެ ބަދަލުގައި 502 ފަލަސްތީނު ރައްޔިތުން މިނިވަންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު