ހިނގާލަން ދަނީ - ގޫގުލް އިމޭޖެސް
ހިނގާލަން ދަނީ - ގޫގުލް އިމޭޖެސް
ހަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ މިންވަރު މަތިވުމަކީ އޭގެ ސަބަބުން ތަފާތު އެކި ސިއްހީ މައްސަލަތައް މެދުވެރިވާ ކަމެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހި، ސްޓްރޯކު ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. މިފަހަރު މި ހިމަނާލަނީ ކޮލެސްޓްރޯލްގެ މިންވަރު ގުދުރަތީގޮތުން ދައްކޮށް، އަދި ހަށިގަނޑު ޑީޓޮކްސްކުރުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ހިނގުން

ކޮލެސްޓްރޮލް ދައްކުރުމަށް އެންމެ ރަނގަޅު އެއް ގޮތަކީ ކޮންމެ ދުވަހަކުވެސް ހިނގާލަން ދިއުމެވެ. ދުވާލަކު 30 މިނެޓު ހިނގުމުން ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުވެ، ހަކުރުގެ މިންވަރު ދަށްވެ، އަދި ކޮލެސްޓްރޯލް ދައްކުރުމަށް އެހީތެރިވެދެއެވެ. އަދި ހިނގުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި ހުންނަ ނުބައި މާއްދާތައް ނައްތާލުމަށްވެސް މަގުފަހިވެއެވެ.

ބައިސްކަލް ދުއްވުން

ބައިސްކަލް ދުއްވުމަކީވެސް ކޮލެސްޓްރޮލް ދައްކުރުމުގައި އެހީވެދޭ ކަމެކެވެ. މިއީ ހަށިގަނޑުގެ ބަރުދަން ދަށްކޮށް، ހިތުގެ ސިއްހަތު ރަނގަޅުކުރުމަށް ވަރަށް ފައިދާހުރި ކަސްރަތެކެވެ. މީގެ އިތުރުން ބައިސްކަލް ދުއްވުމުގެ ސަބަބުން ހަށިގަނޑުގެ އެތެރޭގައި ހުންނަ ނުބައި މާއްދާތައް ނައްތާލުމަށްވެސް އެހީތެރިވެދެއެވެ.

ފެތުން



ފެތުމަކީވެސް ކޮލެސްޓްރޮލް ދައްކުރަން އެހީވެދޭ ކަމެކެވެ. މި ހަރަކާތަކީވެސް ހަށިގަނޑުގެ ބަރުދަން ލުއިކުރުމުގައި އެހީވެދޭ އަދި ހަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ ވަރު ދައްކޮށްދޭ ކަމެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާ ދުރުވެ، ސިއްހަތު ދުޅަހެޔޮވެއެެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން