އަސީރުންގެ ގޮތުގައި ނިރުބަވެރި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ 602 މީހުންގެ ބަދަލުގައި ފަލަސްތީނުން އިސްރާއީލުގެ ހަ މީހަކު މިނިވަންކުރަން ނިންމައިފިއެވެ.

ފަލަސްޠީނުގެ މިނިވަންކަމަށް ހަނގުރާމަ ކުރާ ހަމާސް ޖަމާއަތުން ބުނީ މިއަދުގެ ވަގުތެއްގައި އެމީހުންގެ މެހުމާންދާރީގައި ތިބި ޒަޔަނިސްޓުންގެ ހަނގުރާމައިގެ ހަ އަސީރުން މިނިވަން ކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޒަޔަނިސްޓުން ވަގަށް ނަގައިގެން ގެންގުޅުނު ފަލަސްޠީނުގެ 602 އަސީރުން ދޫކޮށްލާނެއެވެ.

އިސްރާއީލުން ހައްޔަރު ކުރި ފަލަސްތީނުގެ އަސީރުންގެ ތެރެއިން 50 މީހުންނަކީ ވަގަށް ނަގައިގެން އުމުރަށް ޖަލަށް ލާފައިތިބި މީޙުންނެވެ. އަދި 60 މީހުންނަކީ ދިގު މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައި ތިބި މީޙުންނެވެ. އަދި އެތައް ފަހަރެއްގެ މަތިން ވަގަށް ނަގައިގެން ގެންގުޅޭ މީޙުންގެ ލިސްޓުގައި ހިމެނޭ 47 މީހަކުވެސް މީގެ ތެރޭގައި ހިމެނެއެވެ.

މި ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ހަމާސްއިން އެއްބަސްވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ މިނިވަންކޮށްފައެވެ. އަދި މިނިވަންކުރި މީހުންނަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މިއަދާއި މާދަމާ އެމީހުން މިނިވަން ކުރުމާ ހަމައަށް ލާއިންސާނީ އިސްރާއީލުން އެމީޙުންނަށް އިތުރަށް އަނިޔާ ކުރަމުން ގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން