ކުޑަކުދިންނަކީ އެކުދިންގެ ހިތުގައިވާ ޝުއޫރުތައް އެހާ ފަސޭހައިން ބަޔާން ކޮށްދެވޭނެ ބައެއް ނޫނެވެ. އެކި ސަބަބުތަކާ ހުރެ އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާ ކަމެއް އެކުދިންނަކަށް ބުނެދޭކަށެއް ނޭނގެއެވެ. ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު ޒިންމާތަކުގެ ތެރެއިން އެއް ޒިންމާއެވެ. މިފަހަރު މި ހިމަނާލަނީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ކުރަންވީ ބައެއް ކަންކަމެވެ.
އޯގާތެރިވެ މުއާމަލާތު ކުރުން
ތިބާގެ ދަރިފުޅާ ވާހަކަ ދައްކައި މުއާމަލާތު ކުރާއިރު އޯގާތެރިކަމާއި އިހްތިރާމާއެކު މުއާމަލާތު ކުރުމަކީ އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެކުދިންގެ ވާހަކަތައް ރަނގަޅަށް އަޑުއަހައި، އެކުދިންގެ ޝުއޫރުތަކަށް އިހްތިރާމް ކުރަން ޖެހެއެވެ. އަދި އެކުދިންގެ ކަންބޮޑުވުންތަކާއި އުފާވެރިކަން ހިއްސާ ކުރުމަށް އެކުދިންނަށް ހިއްވަރު ދޭން ޖެެހެއެވެ.
ހަރުދަނާ އާދަތައް އާލާކުރުން
ދަރިންގެ ކިބައިގައި ހަރުދަނާ އާދަތައް އާލާ ކުރުމަކީވެސް އެކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ރަނގަޅު ކާނާ ކެއުމާއި، ރަނގަޅަށް ނިދުމާއި، އަދި ގަވާއިދުން ކަސްރަތުކުރުން ހިމެނޭ ދިރިއުޅުމުގެ ހަރުދަނާ ގޮތްތަކެއް ހިފެހެއްޓުމަށް ދަރިންނަށް އެހީތެރިވެދޭން ޖެހެއެވެ. މިފަދަ އާދަތަކުން އެމީހުންގެ ހަށިގަނޑު ދުޅަހެޔޮވެ، ހިތްހަމަޖެހުމާއި އުފާވެރިކަން އިތުރުވެއެވެ.
އިހްސާސްތައް ދެނެގަތުމަށް އެހީތެރިވުން
ދަރިންނަށް އެމީހުންގެ އިހުސާސްތައް ބުނެދީ، އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން ދަސްކޮށްދިނުމަކީވެސް އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެގޮތުން އެކުދިންގެ އިހްސާސްތައް ހިއްސާ ކުރުމުން އެކަންކަމާމެދު ވާހަކަ ދައްކައި އެއީ ރަނގަޅު އިހުސާސްތަކެއް ކަން ޔަގީން ކޮށްދޭން ޖެހެއެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު