އަސީރަކު ހަމާސްގެ މުޖާހިދަކަށް ދޮނެއް ދެނީ--
އަސީރަކު ހަމާސްގެ މުޖާހިދަކަށް ދޮނެއް ދެނީ--
ހަމާސްއިން އިއްޔެ އަސީރަކު ދޫކޮށްލި އިރު، އޭނާ ހަމާސްގެ މުޖާހިދަކަށް ދޮން ވެސް ދިންކަން ހާމަވެއްޖެ އެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއިިލުން ފެށި ގަތުލު އާންމު ވަގުތީ ގޮތުން މެދުކަނޑާލީ މިދިޔަ މަހު އެވެ. އޭގެ ފަހުން ފޭސްތަކަކަށް ބަހާލައިގެން ހަމާސްއިން ދަނީ އެ ޖަމާއަތުން ރަހީނުކުރި އަސީރުން ދޫކުރަމުން ނެވެ.

އަދި ރަހީން ދޫކޮށްލާ ވަގުތު ވީޑިއޯތައް އާންމުކުރަމުންދާ އިރު އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ވައިރަލްވީ އިއްޔެ ހަމާސްއިން ރަހީން ދޫކޮށްލި ވަގުތު ނަގާފައިވާ ވީޑިއޯއެކެވެ.

އެގޮތުން އަސީރަކު ދޫކޮށްލި ވަގުތު އޭނާ ވަނީ ހަމާސްގެ މުޖާހިދެއްގަ ގައިގައި ބައްދައި ދޮންވެސް ދީފަ އެވެ.

އިސްރާއިލުން ޖަލުތަކުގައި ތިބޭ ފަލަސްތީނުގެ މީހުންނާމެދު އިންތިހާއަށް އަނިޔާކުރި ނަމަވެސް ހަމާސްއިން ރަހީނުންނާ މެދު އަމަލުކޮށްފައި ވަނީ އިސްލާމް ދީނުގައި އަސީރުންނަށް ކަންތައްތަކުރުމަށް އަންގާފައިވާ އިންސާނިއްޔަތު ކަމާއެކު އެވެ.

ހަމާސްއިން ކުރިން ދޫކޮށްލި އަސީރަކު ބުނިގޮތުގައި އެ މީހުން ތިބި ތަނަށް ވެސް އިސްރާއިލުން އެއްވެސް ބެލުމެއް ނެތި ބޮން އަޅަމުން ދިޔަ އެވެ. އަދި އިސްރާއިލުގެ ހަމަލަތާކުން އަސީރުން ސަލާމަތްކުރުމަށް ހަމާސްއިން އިންތިހާއަށް މަސައްކަތް ކުރި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން