ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ފަލަސްތީނުގެ ގައިދީން ދޫކުރުން އިސްރާއީލުން މަޑުޖައްސާލާފައިވާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ.

ނަތަންޔާހޫގެ އޮފީހުން ބުނީ ހޮނިހިރު ދުވަހު ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް ރޭވި ނަމަވެސް "ދެން މިނިވަންކުރާ މީހުން ދޫކޮށްލުމުގެ ޔަގީންކަން ލިބެންދެން" ފަލަސްތީނުގެ ގައިދީން ދޫކޮށްލުން މަޑުޖައްސާލާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހަމާސްއިން ބުނެފައި ވަނީ އިސްރާއީލުން މިނިވަންކުރާނެ ކަމަށް ބުނީ ފަލަސްތީނުގެ ހަތް ވަނަ ބެޗް "އެއްބަސްވި ވަގުތު ދޫކޮށްލުން" ލަސްވުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފުވުން ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 48،319 މީހުން މަރުވެފައިވާއިރު، 111،749 މީހުން ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން