ނިރުބަވެރި އިސްރާއީލުން މިނިވަންކުރަން ބުނި 620 ފަލަސްތީނު އަސީރުން މިނިވަން ކުރެވެންދެން ޣައްޒާގެ މަޝްވަރާތައް ހަމާސްއިން މެދުކަނޑާލައިފިއެވެ.

ހަމާސްގެ އޮފިޝަލް މަހްމޫދު މަރްދާވީ ވިދާޅުވީ އިސްރާއީލުގެ ހަ އަސީރުން މިނިވަންކުރުމަށްފަހު އެއްބަސްވި ގޮތަށް ފަލަސްތީނުގެ 620 ގައިދީން ދޫކޮށްލާންދެން އިސްރާއީލާއެކު ކުރެވޭ މަޝްވަރާތައް މެދުކަނޑާލާފައިވާ ކަމަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާ ގޮތުގައި އެގައުމުގެ ހަނގުރާމައިގެ އަމާޒުތައް ފުރިހަމަ ކުރުމަށް ޣައްޒާއަށް ކޮންމެ ވަގުތެއްގައިވެސް ހަމާލާއެއް ދޭން އަދިވެސް އޮތީ ތައްޔާރަށެވެ. އަދި އޭނާ ދަނީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން އަރައި އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކަށް ހިތްވަރުވެސް ދީފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 48،319 މީހުން މަރުވެފައިވާއިރު، 111،749 މީހުން ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން