ކާނިވޯރ ޑައިޓަކީ މިހާރު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާ ޑައިޓެކެވެ. މިއީ ހަމައެކަނި ތަފާތު އެކިކަހަލަ ޖަނަވާރުގެ އުފެއްދުންތައް ނުވަތަ މަސް ކެއުމަށް ބާރު އަޅާ ޑައިޓެކެވެ.
މި ޑައިޓުން ވަރަށް ރަނގަޅު ނަތީޖާ ފެންނަ ކަމަށް ގިނަ މީހުން ބުނެއެވެ. އެހެން ނަމަވެސް މި ޑައިޓު ކުރާ މީހުންނަށް ކިޑްނީގެ ތަފާތު އެކި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދާދި ފަހުގެ ދިރާސާއަކުން ވަނީ ހޯދިފައެވެ.
އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއު ކޮށްފައިވާ މި ދިރާސާއިން ހޯދިފައިވާ ގޮތުގައި ކާނިވޯ ޑައިޓު ކުރަން ފެށި މީހެއްގެ ކިޑްނީގައި ތަފާތު އެކި ވައްތަރުގެ ހިލަތައް ވަނީ އުފެދިފައެވެ. އަދި މި ޑައިޓުގެ ސަބަބުން ކެލްސިއަމް އޮކްސެލޭޓް، ކެލްސިއަމް ފޮސްފޭޓު އަދި ޔޫރިކް އެސިޑު ހިލަތައް އުފެދުމުގެ ފުރުސަތު ބޮޑުވާކަންވެސް ދިރާސާއިން ވަނީ ހޯދިފައެވެ.
ދިރާސާވެރިން ބުނެފައިވާ ގޮތުގައި ހަމައެކަނި މަހުގެ ބާވަތްތައް ކެއުމުން، އޭގެ ސަބަބުން ހަށިގަނޑަށް ލިބެން ޖެހޭ މާއްދާތައް ލިބުމަށް ދަތިވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި މިގޮތަށް ހިލަ އުފެދުމަށް މެދުވެރިވެއެވެ.
ހާވާޑު ހެލްތުގައި ޝާއިއު ކޮށްފައިވާ އެހެން ދިރާސާއަކުން ދައްކާ ގޮތުގައި މާ ގިނައިން ޖަނަވާރުގެ މަހުން ލިބޭ ޕްރޮޓީން ހަށިގަނޑަށް އެތެރެވާނަމަ، އޭގެ ސަބަބުން ކިޑްނީގެ ތަފާތު ބަލިތައް ޖެހުމަށް މެދުވެރިވެއެވެ.
ކާނިވޯރ ޑައިޓު ކުރުމުން މި ނޫނަސް އެހެނިހެން މައްސަލަތައްވެސް ދިމާވުމުގެ ފުރުސަތު ބޮޑުވެއެވެ. އެގޮތުން ބަލާއިރު ޖަނަވާރުގެ މަސްމަހަކީ އޭގައި ގިނަ އަދަދަކަށް ގެއްލުންހުރި ކޮލެސްޓްރޮލް (އެލްޑީއެލް) ހިމެނޭ ބާވަތްތަކަށް ވާތީ މި ފަދަ ޑައިޓަކުން ހަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ ވަރު ގިނަވެއެވެ. އަދި އޭގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކު ޖެހުމުގެ ފުރުސަތުވެސް ބޮޑުވެއެވެ.
ކާނިވޯރ ޑައިޓު މިހާރު ވަރަށް ބޮޑަށް ވައިރަލް ވެފައިވީނަމަވެސް މި ޑައިޓަކީ ހަށިގަނޑަށް ބޭނުންވާ އެތައް މާއްދާތަކެއް އުނި ކުރުމަށްފަހު ކުރާ ޑައިޓެއް ކަމުން މިކަމުގެ ސަބަބުން މީހާގެ ސިއްހަތަށް ވަރަށް ނުރައްކާ ވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ، މި ޑައިޓު ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި ދުޅަހެޔޮ ކާނާގެ ވައްތަރުތައް ބޭނުންކުރުމަށް އިސްކަންދިނުމަކީވެސް މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު