ސަރުކާރުން ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މަދުކުރަން މަޖިލީހަށް ހުށައެޅުމަކީ ސީދާގޮތުން ފަނޑިޔާރުގެއަށް އަތްބޭނުން ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވެފައިވާއިރު ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދު ކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅުއްވާފައެވެ.
އެކަމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ޢަލީ ޙުސައިން ވިދާޅުވީ މިވަގުތަކީ ޤާނޫނު އަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހަށް ޗެލެންޖުކޮށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައިވާ ދަނޑިވަޅެއް ކަމަށެވެ.
ހަމައެއާއެކު އެ މައްސަލަ ބަލަމުން ދަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 ފަނޑިޔާރުންނަށް ބަދަލުކުރުމަށް ބިލެއް ހުށައެޅުމަކީ ސީދާގޮތުން ސަރުކާރުން ފަނޑިޔާރުގެއަށް އަތްބޭނުން ކަމަށް ޢަލީ ޙުސައިން ވިދާޅުވެފައިވެއެވެ. އެހެންކަމުން ސަރުކާރުގެ މި ޢަމަލަކީ ފަނޑިޔާރުގެއަށް އަތް ނުބާނާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންނެވި ވަޢުދާ ޚިލާފު ކަމެއްގެ ގޮތުގައި ޢަލީ ޙުސައިން ސިފަކުރަށްވާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރަށް ނިސްބަތްވާ މެންބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރެއް ސުޕްރީމް ކޯޓުން ވަކިކުރުމުގެ މައްސަލަ ސަރުކާރުން އިސްވެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ ވަގުތެއްގައެވެ. އޭގެއިތުރުން މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ޢަލީ ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދުކުރަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށައެޅުއްވި ބިލުގައިވަނީ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް އެ އަދަދު 05 އަކަށް މަދުކުރުމަށެވެ.

Dhogu machchah dhogu https://t.co/86lDMXzyny
— Ali Hussain (@AleeVoice) February 24, 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރަށް ނިސްބަތްވާ މެންބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވަނީ އެ ކޯޓުގެ ދެ ފަނޑިޔާރެއް ސުޕްރީމް ކޯޓުން ވަކިކުރުމުގެ މައްސަލަ ސަރުކާރުން އިސްވެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންދާ ކަމުގެ އަޑު ގަދަވެފައިވާ ވަގުތެއްގައެވެ. އޭގެއިތުރުން މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން އެ ކޯޓަށް ޢަލީ ޙުސައިން ހުށަހަޅުއްވާފައިވާ މައްސަލައިގެ ޝަރީއަތް ވެސް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.
ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދުކުރަން ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށައެޅުއްވި ބިލުގައިވަނީ ސުޕްރީމް ކޯޓުގެ 07 ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް އެ އަދަދު 05 އަކަށް މަދުކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު