ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާނަމަ ދިފާއީ ނިޒާމު ވަރުގަދަ ކޮށް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވިޓަމިނާއި މިނަރަލްތައް ލިބުމަކީވެސް މުހިންމު ކަމެކެވެ.
މިފަހަރު މި ހިމަނާލަނީ ދިފާއީ ނިޒާމު ވަރުގަދަ ކުރަން ބޭނުންވާނަމަ ބޭނުންކުރަން ޖެހޭ ބައެއް މާއްދާތަކެވެ.
ވިޓަމިން ސީ
ވިޓަމިން ސީ އަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. ވިޓަމިން ސީ ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ވައިޓް ބްލަޑު ސެލްތަކުގެ މަސައްކަތް އިތުރަށް ފުރިހަމަވެ، ތަފާތު އެކިކަހަކަ އިންފެކްޝަންތަކުން މީހާ ރައްކާތެރި ކޮށްދޭނެއެވެ. އަދި އޭގެ ސަބަބުން ބަލިތަކާ މީހާ ދުރުވެއެވެ.
ޒިންކު
ޒިންކަކީ އިމިއުން ސެލްތައް އޭގެ އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ކޮށް، ހަށިގަނޑުގައި އިންފްލެމޭޝަން ދައްކުރުމަށް އެހީވެދޭ މާއްދާއެކެވެ. ޒިންކު ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ޒަހަމްތައް ފަސޭހަކަމާއެކު ރަނގަަޅުވެ، އިންފެކްޝަމް ތަކުން މީހާ ރައްކާތެރި ކޮށްދެއެވެ. އަދި ރޯގާ ޖެހޭ ވަރުވެސް ކުޑަ ކޮށްދެއެވެ.
ޕްރޯބައޮޓިކް
ޕްރޯބައޮޓިކް އަކީ މީހާގެ ހަޖަމުގެ ނިޒާމުގެ މަސައްކަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ދިއުމަށްޓަކައި ވަރަށް ބޭނުންތެރި މާއްދާއެކެވެ. ޕްރޯބައޮޓިކް ބޭނުން ކުރުމުން ގޮހޮރުގައި ހުންނަ ރަނގަޅު ޖަރާސީމު ބެލެންސް ކޮށްދީ، މީހާ ހަޖަމުގެ މައްސަލަތަކުން ދުރުކޮށްދެއެވެ. އަދި އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކޮށް، މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު