ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަަސާސީއަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ހިނގަމުންދާ ދުސްތޫރީ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން މަޖިލީހުގެ މެންބަރުން ވަކިނުކުރެވޭނެ ވަގުތީ އަމުރެއް ނެރެދޭން ސްޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
މިވަގުތީ އަމުރުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުއްވީ ގާނޫނު އަސާސީއަށް ބަދަލު ގެނައި މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން އެވެ.
އެގޮތުން ސުޕްރީމް ކޯޓުގައި އަލީ ހުސައިން އެދިވަޑައިގަތީ، ޤާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނިމެންދެން މެންބަރަކު މަގާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ މިދިޔަ އަހަރުގެ ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.
ގާނޫނުއަސާސީއަށް ގެނައި އިސްލާހު މިހާރުގެ މެންބަރުންނަށް ނުހިނގާ ގޮތަށް ހަދައިދިނުމަށާއި އެ އިސްލާޙް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ޢަލީ ޙުސައިން ހުށައެޅުއްވި މައްސަލަ ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމަވާފައެވެ. އަދި މައްސަލާގައި މިހާތަނަށް ވަނީ އެއް އަޑުއެހުންވެސް ބާއްވާފައެވެ.
އެގޮތުން އެއަޑުއެހުމުގައި އަލީ ހުސައިންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލު ކޮށްދިނުމަށެވެ. އަދި އެ އިސްލާހު ދެމިއޮންނަ މުއްދަތުގައި 20 ވަނަ މަޖިލިހުގެ މެމްބަރުންގެ މައްޗަށް އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ގޮތަށް ކަނޑައަޅައިދިނުމަށް ވެސް އަލީ ޙުސައިންގެ ފަރާތްޕުޅުން އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު