ޕީއެންސީ ޕީޖީގެ ވަޓްސްއެޕް ގްރޫޕުން ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރްޒޫގް ބޭރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒާން އެ ގްރޫޕުން ބޭރުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ގާނޫނަށް ހުށަހެޅި އިސްލާހު ބަލައިގަތުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެ ވަޑައިނުގަތުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ މައްސަލަ ބަލައިގަތުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން އޮތީ ވިޕެއް ނެރެފައެވެ.
ވިޕް ނެރުނުނަމަވެސް މިއަދު ނެގި ވޯޓުގައި ޕީއެންސީގެ 11 މެމްބަރަކު ބައިވެރިވެ ވަޑައިގެންފައި ނުވާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިކަމާ ގުޅޭ ގޮތުން ޕީއެންސީ ޕީޖީގެ ލީޑަރު ފަލާހު ވިދާޅުވީ އެ 11 މެމްބަރުންގެ ތެރެއިން 9 މެމްބަރަކު ވަނީ ރަސްމީ ދަތުރުތަކެއްގައި މާލެއިން ބޭރުގައި ކަމަށެވެ. އަދި އަނެއް ދެ މެމްބަރުން ބިލަށް ވޯޓު ނުދެއްވި ސަބަބެއް ބައްލަވާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރެއިން އެއް މެމްބަރަކީ އަޒާން އެވެ. މާލޭގައި ހުންނެވި ނަމަވެސް އަޒާން ވޯޓުގައި ބައިވެރިވެވަޑައިގެންފައި ނުވެއެވެ.
އަޒާން އަކީ އެ ބިލާ ދެކޮޅަށް ޕީއެންސީގެ ޕީޖީ ގްރޫޕުތަކުގައި ވެސް ވާހަކަ ދެއްކެވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު