ޣައްޒާގެ ހުރިހާ ބޮޑެތި ފިރިހެނުން މަރަން ހައްދުފަހަނަ އަޅާފައިވާ އިސްރާއިލުގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ނިސީމް ވަތޫރީ ގޮވާލައްވައިފި އެވެ.
ރޭޑިއޯއަކަށް ދެއްވި އިންޓަވިއުއެއްގައި ނިސީމް ވިދާޅުވީ ޣައްޒާގެ މީހުންނަކީ ފުރިހަމަ އިންސާނުން ނޫން ކަމަށެވެ.
އަދި ދުނިޔޭގެ އެއްވެސް ގައުމަކުންވެސް ޣައްޒާގެ ރައްޔިތުން ގެންދަން ބޭނުންނުވާ ކަމަށާއި މައިންނާއި ކުޑަކުދިން ވަކިކުރުމަށް ފަހު ޣައްޒާގެ ހުރިހާ ބޮޑެތި ފިރިހެނުން މަރަން ޖެހޭ ކަމަށް ނިސީމް ވިދާޅުވި އެވެ.
ނިސީމްއަކީ އިސްރާއިލުގެ ހައްދުފަހަނަ އަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންުޔާހޫގެ ލިކޫޑް ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ.
އިސްރާއިލުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވެސް އުދުވާންތައް މިހާރު ހިންގަމުންދާ އިރު ޣައްޒާއަށް ހެދިގޮތް ހުޅަނގު އައްސޭރީގެ ޖެނީންއަށް ވެސް ހަދާލާނެކަމުގެ އިންޒާރުވެސް ނިސީމް ދެއްވި އެވެ.
އިސްރާއިލުން ޣައްޒާގެ 60،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށް ލައްކައަކަށް ވުރެ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އެހެން ނަމަވެސް އިސްރާއިލުން ކޮށްލިވަރު އަދިވެސް ކުޑަ ކަމަށް ނިސީމް ވިދާޅުވި އެވެ.
ފަލަސްތީނުގެ މީހުން މަރަން ގޮވުމަކީ އިސްރާއިލުގައި އާންމު ކަމެކެވެ. އިސްރާއިލުގެ ހައްދު ފަހަނަ އަޅާފައިވާ ފައިނޭންސް މިނިސްޓަރު ބެޒެލެލް ސްމޮޓްރިޗް ވެސް ވަނީ އިސްރާއިލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ އެންމެން މަރަން މީގެ ކުރިން ގޮވާލައްވައިފަަ އެވެ.

ކިޔުންތެރިންގެ ހިޔާލު