ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ގެނެސްފައިވާއިރު، އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރުމުގައި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާ ވަކީލުންގެ މެންބަރު ބައިވެރިނުވާން ބާ ކައުންސިލުން އަންގައިފިއެވެ.
ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާތަކުން ނުބެހެވޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައި ވަނިކޮށް، ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރަން އޮންނަ އުސޫލާ ހިލާފަށް އެ އިސްލާހުގެ ދަށުން ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް އޮތުމަކީ ގާނޫނުއަސާސީއާ ހިލާފް ކަމެއް ކަމަށެވެ.
އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރެއްގެ މައްސަލަ ބެލުމަށްފަހު އެ ފަނޑިޔާރަކު ވަކިކުރެވޭނީ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ކަމަށް ބަޔާންކޮށްފައިވާ އިރު، އަދި ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބާ ކައުންސިލުން ބުނެފައި ވެއެވެ. އަދި ކުރީގެ ވެރިކަންތަކުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން މާޒީގައި ކަންކަން ހިނގާފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބާ ކައުންސިލުން ފާހަގަ ކޮށްފައި ވެއެވެ.
ބާ ކައުންސިލުން ބުނީ އެ ބިލު ފާސްނުކުރުމަށް ބަންޑާރަނާއިބަށް ސިޓީއަކުން މީގެ ކުރިން އަންގާފައިވާނެ ކަމަށާއި، އެ ބިލު ތަސްދީގުނުކޮށް، ބިލު އިސްލާހު ކުރުމަށް މަޖިލީހަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ.
އަދި އެ އިސްލާހުގެ ދަށުން ޖޭއެސްސީން ފަނޑިޔާރުން ވަކިކުރުމުގައި ވަކީލުންގެ ތެރެއިން އެ ކޮމިޝަންގައި އިންނަވާ މެންބަރު އަލީ އަބްދުއްލަތީފް ބައިވެރިނުވުމަކީ ވަކީލުންގެ އެދުމެއް ކަމަށްވާތީ އެކަމުގައި ބައިވެރިނުވާން އޭނާއަށް ސިޓީއަކުން ދަންނަވާފައިވާ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.
ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓާއެކުގައެވެ.
މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުންނެވެ.

Press release regarding passing of the 5th Amendment to Act No: 22/2010 (Judicature Act). pic.twitter.com/ax8TXg7959
— Bar Council of the Maldives (@MvBarCouncil) February 26, 2025
ފަނޑިޔާރުން ވަކިކުރަން ގާނޫނަށް ގެނައި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓާއެކުގައެވެ.
މަޖިލީހުން ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ވަކިކުރުމަށް ފާސްކޮށްފައިވާއިރު ސުޕްރީމް ކޯޓުން ގެންދަނީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލައަށް ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު