ރާއްޖޭގެ ފުރަތަމަ ޕެޓް ކެއާ ފެސިލިޓީ "އޮޅުހިޔާ"ގެ ޚިދުމަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞަފްވާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޞަފްވާން ވިދާޅުވީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް ވީހާވެސް އަވަހަށް "އޮޅުހިޔާ" ފެސިލިޓީގެ މަސައްކަތް ފަށަން ބޭނުންވާ ކަމަށާއި، މިހާރު އެ ފެސިލިޓީ ވަނީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.
އެގޮތުން މި ފެސިލިޓީއާ ގުޅުންހުރި ރަސްމީ ހުރިހާ ލިޔެކިޔުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރގެ މަސައްކަތް ނިންމުމަށްފަހު މާލެ ސިޓީ ކައުންސިލުން އެ ތަން މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ފެސިލިޓީ އަކީ މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން މި ސަރުކާރުން ގާއިމްކޮށްފައިވާ ތަނެކެވެ. މި ފެސިލިޓީގައި ބުޅާތައް ކަރަންޓީނު ކުރާނެ ސަރަހައްދަކާއި ކްލިނިކަކާއި ލެބޯޓްރީއެއްގެ އިތުރުން ބުޅާތަކަށް ދޭންޖެހޭ ބޭސްތައް ހުންނަ ފާމަސީއަކާއި އެ ބުޅާތައް އުޅޭނެ ސަރަހައްދެއްވެސް ހަދާފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން "އޮޅުހިޔާ" ފެސިލިޓީ އެނިމަލް ވެލްފެއާ މިނިސްޓްރީއާ ހަވާލު ކުރީ މިއަދުއެވެ.
މިކަމާއި ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކެރެޓަރީ ޖެނެރަލް އިބްރާޙިމް ރަޝީދެވެ. އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަލީ ޞަފްވާން އިބްރާހީމްއެވެ.

އޮޅުހިޔާ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށް ފަހު @MaleCitymv އިން މި ވުޒާރާ އާއި ވަނީ ފެސިލިޓީ ރަސްމީކޮށް މިއަދު ހަވާލު ކޮށްފަ pic.twitter.com/NQyucpaWXI
— Ministry of Agriculture and Animal Welfare (@MAAWmv) February 26, 2025
މިކަމާއި ގުޅޭ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކެރެޓަރީ ޖެނެރަލް އިބްރާޙިމް ރަޝީދެވެ. އަދި އެނިމަލް ވެލްފެއާ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާރ އަލީ ޞަފްވާން އިބްރާހީމްއެވެ.
ކިޔުންތެރިންގެ ހިޔާލު