ތަފާތު އެކި ސަބަބުތަކާހުރެ ކައިވެނިކޮށްގެން އުޅޭ ދެމީހުން ދެ އެނދުގައި ނުވަތަ ދެ ކޮޓަރީގައި ނިދާ ފަހަރު ވަރަށް ގިނައިން އާދެއެވެ. މިއީ މިފަހަކަށް އައިސް މަޝްހޫރުވަމުން އަންނަ "ޓްރެންޑް" އެކޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. މިކަން މިހެން އާންމު ގޮތެއްގައި ކުރަނީ ދެމަފިރިންގެ ނިދުމުގެ އާދަތައް ތަފާތު ވުމުގެ ސަބަބުންނެވެ. ކަން މިހެންވީނަމަވެސް ދެމަފިރިން އެކުގައި ނިދާނަމަ އޭގެ ސަބަބުން ގިނަ ފައިދާތަކެއް ލިބެއެވެ.
އެގޮތުން ބަލާއިރު ބައިވެރިޔާއާއެކު ނިދާނަމަ ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ނިދުމުގެ ކުރިން ދެމަފިރިންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމެވެ. އަދި އެވަގުތުގައި ދުވަހުގެ ކަންތައް ހިއްސާ ކޮށް، އެކަކު އަނެކަކުގެ ޝުއޫރުތައް ހިއްސާ ކުރެވެއެވެ. މިކަމުގެ ސަބަބުން ދެމަފިރިންގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ވެއެވެ.
ބައިވެރިޔާއާއެކި ނިދާނަމަ ދެން ލިބޭ އަނެއް ފައިދާއަކީ ރައްކާތެރިކަން އިތުރުވާ ކަމުގެ އިހުސާސް ކުރެވުމެވެ. އެކަނި ނިދަން ވީމައި ތަފާތު އެކި ކަންކަމާ ވިސްނޭވަރު އިތުރުވެ، އޭގެ ސަބަބުން ނިންޖަށް އަސަރު ކުރެއެވެ. ނަމަވެސް ބައިވެރިޔާއާއެކު ނިދާނަމަ ސްޓްރެސް އާ ދުރުވެ، ފަސޭހަކަމާއެކު ނިދާލެވޭނެެއެވެ.
މީގެ އިތުރުން ބައިވެރިޔާއާއެކު ނިދާނަމަ ސިއްހީ އެތައް ފައިދާތަކެއްވެސް ލިބެއެވެ. އެގޮތުން ބަލާއިރު ބައިވެރިޔާއާއެކު އެއް އެނދެއްގައި ނިދާނަމަ ސްޓްރެސް ހޯމޯނު އުފައްދާ ވަރު މަދުވެ، ފިކުރުތަކާ ދުރަށް ދެވެއެވެ. އަދި ހިތުގެ ތެޅުން އެއް ހަމައެއްގައި ހިފެހެއްޓި ހިތުގެ ސިއްހަތުވެސް ރަނގަޅުވެއެވެ.
ބައިވެރިޔާއާއި ވަކިން ނިދުމަކީ ބައެއް މީހުންނަށް ފަސޭހަ، އަދި ރަނގަޅު ކަމަކަށް ވެދާނެއެވެ. ނަމަވެސް، ބައިވެރިޔާއާއެކު ނިދުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. ތިބާގެ ބައިވެރިޔާއާއެކު ނިދުމުން ތިބާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ، ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެއެވެ. ވީމާ ޓްރެންޑުތައް ދޫކޮށްލުމަށްފަހު، ފައިދާހުރި ގޮތް ހިޔާރު ކުރުމަކީ މުހިންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު