ރައީސް ޞާލިޙްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް މިއަދު ތިނެއް ޖަހާއިރު އިޢުލާނު ކުރަށްވާނެ ކަމަށް ޢިމާރާތް ކުރުމާއި ބޯހިޔާވަހިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
މިއަދު 3 ޖަހާއިރު ފްލެޓް ލިސްޓް އިޢުލާނު ކުރާއިރު ފްލެޓްތަކުގެ ކުލި މިހާރުވަނީ މިސަރުކާރުން ބޮޑު ކޮށްފައެވެ. އެގޮތުން 2 ކޮޓަރީގެ އެޕާޓްމަންޓުގެ އަގު 6000 ރުފިޔާއިން 8000 ރުފިޔާއަށް ބޮޑުވެފައިވާއިރު، 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި ވަނީ 8000 ރުފިޔާއިން 10500 ރުފިޔާއަށް ބޮޑުކޮށްފައެވެ.
“އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ 85 ޕަސެންޓުން ކުރާ މަސައްކަތެއް މީ. އެ ފައިސާ ދެއްކުމަށްޓަކައި ބޭނުންވާ ފައިސާ ސަރުކާރުން ހޯދާނަމަ ތިން ކޮޓަރީގެ ފްލެޓަކުން 13،000 ރުފިޔާ ނަގަންޖެހޭ މަހު ކުއްޔަކަށް. ދެ ކޮޓަރީގެ ފްލެޓަކުން 9،000 ރުފިޔާ ނަގަން ޖެހޭ ކުއްޔަކަށް.” ޑރ. މުއްޠަލިބް ވިދާޅުވިއެވެ.
އޭގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ މިއަދު އިއުލާނު ކުރާ ފްލެޓު ލިސްޓުގައި ހިމެނޭނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި ފްލެޓު ލިސްޓުގައި ފުރަތަމަ 4000 ފްލެޓު ލިބޭނެ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުން ކަމަށެވެ.
އެގޮތުން ތިން ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 3721 މީހުންގެ ތެރެއިން 76 ޕޮއިންޓަށް ވުރެ މަތިން ޕޮއިންޓު ލިބިގެން ފްލެޓު ލިބެނީ 1423 މީހުންނަށް ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
އަދި ދެ ކޮޓަރީގެ ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 1218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށް ވުރެ މަތިން ލިބިފައި ވަނީ 397 މީހުންނަށެވެ.
އޭގެއިތުރުން ފްލެޓު ނުލިބޭނެ ކަމަށް މި ސަރުކާރުން ކަނޑައެޅި 3119 މީހުންނަކީ ފްލެޓު ލިބޭ ވަރަށް ޝަރުތު ހަމަނުވާ 2695 މީހުންނާއި އިވެލުއޭޝަން ނިމުނުއިރު ފްލެޓު ލިބޭ ވަރަށް ޕޮއިންޓު ނުލިބުނު 424 މީހުންނެވެ.
އެހެންކަމުން ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ޢާއްމުކުރި ލިސްޓްގައި ހިމެނޭ މީހުންގެ ތެރެއިން ފްލެޓް ލިބެނީ 1820 މީހުންނަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ 32 ޓަވަރު ވަނީ އިމާރާތް ކޮށްފައެވެ. އޭގޮތުން ޓަވަރުތަކުގެ ކޮންމެ ފްލޯއެއްގައި އަށް އެޕާޓްމެންޓް ހުންނައިރު އޭގެ ތެރޭގައި ދެ ކޮޓަރީގެ 1،200 ފްލެޓާއި ތިން ކޮޓަރީގެ 2،800 ފްލެޓް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު