ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އަނެއްކާވެސް އިއުލާންކޮށްފި އެވެ.
އެންސްޕާގެ އޮފީސް ހިންގާނެ އިމާރާތެއް ހޯދަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކޮށް އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް މެދުވެރިކޮށް އިމާރާތެއް ކުއްޔަށް ވެސް ނެގި އެވެ. ނަމަވެސް ކުއްޔަކާ ނުލާ އެ އިމާރާތުގެ ބައެއް ފްލޯތައް އެމްއެމްޓީވީ ހިންގަން ދިން ކަމަށް ކުރެވުނު ތުހުމަތުތަކުގެ މައްސަލަ ހޫނުވުމުން އެ އެއްބަސްވުން މިދިޔަ ޑިސެމްބަރު މަހު އެންސްޕާއިން އުވާލި އެވެ.
އޭގެ ފަހުން އެންސްޕާގެ އޮފީސް ހިންގަން އިމާރާތެއް ހޯދަން މިދިޔަ ފެބްރުއަރީ މަހު އިއުލާންކުރި އެވެ.
ނަމަވެސް މިއަދު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފެބްރުއަރީ މަހު ކުރި އިއުލާނަށް އެކަށީގެންވާ ތަރުހީބު ނުލިބޭތީ އެކަމަށް އަލުން ބީލަން ހުޅުވާލައިފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އަންނަ މަހު 11 ވަނަ ދުވަހު ބީލަން ހުޅުވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.
މިހާރު އެންސްޕާ ހިންގަމުން އަންނަނީ "މޫކައި ސުއިޓްސް" ގައެވެ.
އެކަމަކު އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، މަރާމާތު ކުރަން ޖެހޭތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެތަނުން ނުކުންނަން ޖެހޭ ކަމަށް އެންސްޕާ އިން މީގެ ކުރިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު