ޝައްކު އުފެދޭގޮތަށް މިދިޔަ ސެޕްޓެމްބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ، 241 ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ޒަކިއްޔާގެ މަރުގެ މައްސަލަ ދިގުލައިގެން ގޮސް ވާނުވާ ނޭނގޭތީ ހޮޅުދޫގެ ރައްޔިތުން ސިލްސިލާކޮށް މުޒާހަަރާތައް ކުރަމުންދާ އިރު އިއްޔެ ދެ މެމްބަރަކު މަޖިލީހަށް އެކަމާ ގުޅޭ ކުއްލި މައްސަލައެއްވެސް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލަ މަޖިލީހުން ބަލައެއް ނުގަތެވެ.
ނަމަވެސް އެ މައްސަލަ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވަ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވަނީ މިއަދު މަޖިލީހުގެ 241 ކޮމިޓީއަށް ހުށަހަޅައިފަ އެވެ.
ކުޑޫ ކޮމިޓީއަށް ހުށަހެޅުއްވި މައްސަލައިގައި ބުނީ ޒަކިއްޔާގެ މަރާ ގުޅިގެން ހޮޅުދޫގެ ރައްޔިތުން ކޮންމެ ރެއަކު ނިދަމުން ދަނީ އެ ރަށު ތެރޭގައި ގާތިލެއް ދޫވެފައި އޮތް ކަމުގެ ބިރާއެކު ކަމަށެވެ.
އެެހެންކަމުންް މިއީ ދޫކޮށްލެވޭނެ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް އިބްރާހިމް އެދިވަޑައިގެންނެވި އެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ އިރު ފުލުހުން ބުނީ ވަކި މީހަކަށް ތުހުމަތުވެސް ނުކުރެވޭ ކަމަށެވެ. އަދި އެ މަރަކީ އާދައިގެ މަރެއް ކަމަށް ނުބެލެވޭ ކަމަށާއި އެ މައްސަަަލައިގެ ތަހުގީގު ނުނިމިގެން އުޅެނީ ހަގީގަތް ހޯދަން ވަގުތު ނަގާތީ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު