ހުކުރުދުވަހަކީ ބަންދު ދުވަހަކަށްވިޔަސް، މި ހުކުރުގައި ޕެރިޝެބަލް މުދާ ދޫކުރާނެ ކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެ ކޮށްފައިވާ ޕެރިޝެބަލް މުދާ (ކާބޯތަކެތި) ކަސްޓަމަރުންނަށް ވީ އެންމެ އަވަހަށް ފޯރު ކޮށްދިނުމުގެ ގޮތުން ހާއްސަ އިންތިޒާމްތަކެއް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާދަމާ (28 ފެބްރުއަރީ 2025 ވާ ހުކުރު) ގެ މެންދުރު 14:30 އިން ރޭގަނޑު 22:00 އަށް ޕެރިޝެބަލް މުދާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ލޯކަލް ހާބަރ ތަކުން މުދާ ފޮނުވާ ފަރާތްތަކަށް ލުއި ފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެފައިވާ ކަމަށްވެސް މީގެ ކުރިން އެމްޕީއެލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު