މާލޭގައި ހަދާފައިވާ ޕާކިންގ ޒޯނެއް
މާލޭގައި ހަދާފައިވާ ޕާކިންގ ޒޯނެއް
މާލޭގެ މިސްކިތްތައް ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުން ފުލުހުންގެ އިދާރާއިން މަނާކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވަނީ މި ރަމަޟާންމަހު މާލޭގެ 22 މިސްކިތެއްގެ ކައިރީގައި ހަތަރު ފުރޮޅުލީ އުޅަނދު ޕާކުކުރުމަކީ މަނާކަމެއް ކަމަށެވެ. މިގޮތަށް ނިންމާފައިވަނީ ނަމާދު ވަގުތުތަކުގައި މިސްކިތްތަށް ހިމެނޭ ސަރަޙައްދުގެ ޓްރެފިކަށް ބާރު ބޮޑުވާނެކަމަށް ލަފާކުރެވޭތީ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އެގޮތުން ނަމާދު ވަގުތުގެ 10 މިނެޓު ކުރިން ފެށިގެން، ނަމާދުކޮށް ނިމި މިސްކިތްތައް ހިމެނޭ ސަރަހައްދު ހަމައަކަށް އެޅެންދެން ހަތަރު ފުރޮޅުލީ އުޅަނދު އެސަރަޙައްދުތަކުގައި ޕާކުކުރުން ވަނީ މަނާ ކޮށްފައެވެ. އަދި މިސްކިތަށް ދާ މީހުންވެސް ހިނގާފައި މިސްކިތަށް ދިއުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ހަމައެއާއެކު ފުލުހުން ވަނީ ސައިކަލުގައި މިސްކިތަށް ދާނަމަ، ޕާކިން ޒޯނުގައި ސައިކަލު ޕާކު ކުރުމަށާއި އެހެން މީހުންނަށް ދަތިނުވާނެ ގޮތަށް ޕާކު ކުރުމަށް ސަމާލުކަން ދިނުމަށްވެސް އިލްތިމާސް ކޮށްފައެވެ.

ފުލުހުން މިގޮތަށް އިލްތިމާސް ކޮށްފައިވާއިރު ރަމަޟާންމަހު އެންމެ ބޮޑަށް ބާރު ބޮޑުވާ ބާޒާރުމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށާއި، މަގުތަކާއި ޕޭމަންޓް މަތީގައި ކުނި ބަހައްޓާ ފަރާތްތަކަށް ނަސޭހަތްދިނުމަށް ފުލުހުން މިހާރު ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން