މި ރަމަޟާން މަސް ނިމުމުން ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ ސްމާޓު މީޓާރ ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުތައް ކާމިޔާބު ކަމާއެކު ނިންމާލާފައިވާ ކަމަށާއި، މިހާރު ސްޓެލްކޯއިން ދަނީ ސްމާޓް މީޓާރ ހަރުކުރުމަށްޓަކައި ވާން ޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މިމަހުގެ ތެރޭގައި ސްމާޓު މީޓަރު ޝިޕްމަންޓް ލިބޭނެ ކަމަށެވެ. އަދި މި ރޯދަ މަސް ނިމުމުން ގޭބީސީތަކުގައި ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެގޮތުން އެންމެ ފުރަތަމަ ސްމާޓު މީޓަރު ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ހުޅުމާލޭގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން ބުނާ ގޮތުގައި ސްމާޓު މީޓަރު ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ. އަދި މި ސްމާޓު މީޓަރުގެ ސަބަބުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައި ވެއެވެ.
ސްމާޓު މީޓަރ ހަރުކުރުމުގެ ޕައިލެޓް ޕްރޮޖެކްޓުތައް ސްޓެލްކޯ އިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ކުރިއަށް ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު