ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: އެމްއެންޑީއެފް
ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު މި ވެހޭ ވާރޭގެ ސަބަބުން މާލޭގެ 6 ސަރަހައްދެއްގައި ފެން ބޮޑުވެފައިވާތީ، އެ ސަރަހައްދުތަކުގައި 13 ޕަންޕު ބަހައްޓައިގެން ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މިހާރު ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކު، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކ. ގުރައިދޫއާއި ކ. ހުރާގައި ފެން ހިންދުމަށްޓަކައި ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އަދި ވެލިބަސްތާ ޖެހުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައިވެސް މާލެ އޭރިއާ ކޮމާންޑްގެ ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން