މަރްޔަމް ނަހްދާ ވަޙީދު   2 މާރިޗު 2025 - 4:57
ކަސްރަތު ކުރުމުން ލޭގެ ޕްރެޝަރު މެނޭޖުކުރެވޭނެ- ގޫގުލް އިމޭޖެސް
ކަސްރަތު ކުރުމުން ލޭގެ ޕްރެޝަރު މެނޭޖުކުރެވޭނެ- ގޫގުލް އިމޭޖެސް
ލޭގެ ޕްރެޝަރު ދައްވުމަކީ ނުވަތަ މަތި ވުމަކީ އޭގެ ސަބަބުން ތަފާތު އެކިކަހަލަ ސިއްހީ މައްސަލަތައް ދިމާވާ ކަމެކެވެ. އެގޮތުން ބަލާއިރު މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކު ފަދަ މައްސަލަތައް ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނައުމުން ފަސޭހަކަމާއެކު ލޭގެ ޕްރެޝަރު މެނޭޖު ކުރެވޭނެއެވެ.

މިފަހަރު މި ހިމަނާލަނީ ލޭގެ ޕްރެޝަރު މެނޭޖު ކުރުމަށްޓަކައި ކުރަން މުހިންމު ބައެއްް ކަންކަމެވެ.

ޕޮޓޭސިއަމް ލެވެލްތައް މަތިކުރަން މަސައްކަތް ކުރުން

ލޭގެ ޕްރެޝަރު މެނޭޖުކޮށް އެއް ހަމައެއްގައި ހިފަހައްޓަން ބޭނުންވާނަމަ ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ ވަރު މަތިކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަށިގަނޑުގައި ޕޮޓޭސިއަމް ގިނަވުމުން އޭގެ ސަބަބުން ހަށިގަނޑުގައި ލޮނު ހުންނަ ވަރު ކޮންޓްރޯލު ކުރެވި، ހަށިގަނޑުގެ ލޭހޮޅިތައް ޑައިލޭޓު ކުރުމަށް އެހީވެދެއެެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު ބެލެންސް ވެއެވެ.

ކަސްރަތު ކުރުން

ލޭގެ ޕްރެޝަރު މެނޭޖުކުރަން ބޭނުންވާނަމަ ކަސްރަތު ކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކަސްރަތު ކުރުމުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ވެއެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރުވެސް ރަނގަޅު ވަރެއްގައި ހިފަހައްޓައިދެއެވެ.

ލޮނުމެދު ކެއުން

ލޮނުމެދަކީ އޭގައި އެލިސިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. މި މާއްދާއަކީ ގުދުރަތީ ގޮތުން ލޭގެ ޕްރެޝަރު ދައްކުރުމުގައި އެހީވެދޭ މާއްދާއެކެވެ. އެހެންވެ ލޮނުމެދު ކެއުމުން، ހަށިގަނޑުގެ ލޭނާރުތައް ރިލެކްސްވެ، ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދެއެވެ. އަދި އޭގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅުވެ ހައިޕަޓެންޝަން ފަދަ މައްސަލަތަކުން މީހާ ރައްކާތެރި ކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން