މާލެ ސަރަހައްދު ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް--
މާލެ ސަރަހައްދު ފެންބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް--
އިއްޔެ ކުރި ބޯ ވިއްސާރައާ ގުޅިގެން މިއަދަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ރޭ ފަތިހު އެކްްސްގައި ވިދާޅުވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާ ކަމަށެވެ.

އެހެންކަމުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށް ޙީނާ ވިދާޅުވި އެވެ.



އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވި އެވެ. އަދި ސިފައިން ނުކުމެ ވަނީ އައިޖީއެމްއެޗް، މާފަންނު ފެރީ ޓާމިނަލް، ވެސްޓްޕާކު، ސަލްމާން މިސްކިތް، ބޮޑުވަޅު އަދި ކުޑަކުދިންގެ ބަގީޗާ ސަރަހައްދުން ވެސް ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ.

އަދި ވެލިބަސްތާ ޖެހުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމުގައިވެސް ސިފައިން އެހީތެރިވެދިނެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް އިއްޔެ ވަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން