އދ. ދިގުރަށުން ފުރައިގެން މާލެ ދަތުރުކުރި ލޯންޗެއް އަޑިއަށް ގޮސް އެއިން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި އެވެ.
ފުލުހުންގެ ރަސްމީ އެކައުންޓުން މިއަދު އެކްސްގައި ބުނީ "ހުވަން" ނަމަކަށް ކިޔާ އެ ލޯންޗު އަޑިއަަށް ދިޔަ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު އަށެއް ޖަހާ ކަންހާއިރު ކަމަށެވެ.
އަދި އެކަމުގެ މައުލޫމާތު ލިބުމާއެކު ކުއްލި ހާލަތުގައި ނެރޭ ޓީމުތައް ނެރެ ކަނޑުވެފައި ތިބި މީހުން ސަލާމަތްކޮށް ދިގުރަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ ހާދިސާގައި ކަނޑުވީ ހަތަރު ކުޑަކުދިން ހިމެނޭ ގޮތަށް 48 މީހުން ނެވެ. އެއީ 45 ޕަސްޖަރުންނާއި ލޯންޗުގެ ތިން ފަޅުވެެރިން ނެވެ.
ފުލުހުން ބުނީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އެ ހާދިސާ ހިނގި ގޮތް މިހާރު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މި ދެ ދުވަހު މޫސުން ވަރަށް ގޯސްވި އިރު ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވެސް އޮތީ އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު