ފަލަސްތީނަށް ވަންނަ އިންސާނީ އެހީގެ މަގުތައް ބަންދުކޮށް ރަމަޟާންމަހު ފަލަސްތީނުގެ ރައްޔިތުން ހާލުގައި ޖައްސަން އިސްރާއީލުން މަސައްކަތް ފަށައިފިއެވެ.
ނިރުބަވެރި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރެއިން ފަލަސްތީނަށް ވަންނަ އިންސާނީ ހުރިހާ އެހީއެއް ހުއްޓުވައި އެހީދޭ ފަރާތްތަކަށް ހުރަސް އަޅަމުންދާއިރު މި ދަނޑިވަޅަކީ ބަރަކާތްތެރި ރަމަޟާން މަހަށް ވުމުން ފަލަސްތީނުގެ ރައްޔިތުން ދަނީ ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.
އިސްރާއީލުގެ މި ފިޔަވަޅު އދ.އާއި ދުނިޔޭގެ ގައުމުތަކުން ކުށްވެރިކުރާއިރު، މިސްރާއި ގަތަރާއި އުރުދުން އިން ވަނީ މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިންސާނީ ގާނޫނުތަކާ ފާޅުކަން ބޮޑު ގޮތެއްގައި ހިލާފު ކަމެއް ކަމަށް ބުނެފަ އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު ހޮނިހިރު ދުވަހު ހަމަވިއިރު މި މުއްދަތު އިތުރުކުރުމަށް އިސްރާއީލުން ކުރި ޑިމާންޑަށް ހަމާސް އިން ވަނީ ދެކޮޅު ހަދައިފައެވެ. އަދި ބާކީ ތިބި ހުރިހާ އަސީރުން މިނިވަންކޮށް، އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ދެވަނަ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމާސް އިން ވަނީ ގޮވާލާފަ އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 48،388 މީހުން މަރުވެފައިވާއިރު، 111،803 މީހުން ވަނީ ޒަޚަމްވެފައެވެ. ސަރުކާރުގެ މީޑިއާ އޮފީހުން މަރުވި މީހުންގެ އަދަދު 61،709 އަށް އިތުރުކޮށްފައިވާއިރު، އިމާރާތްތަކުގެ ދަށުގައި ގެއްލިފައިވާ ފަލަސްތީނުގެ އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށް ފަހުން ވަނީ ނިންމާފަ އެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު