މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޯކްޝަން ޕޯޓަލް މެދުވެރިކޮށް އައްޑޫސިޓީގައި ހުންނަ ހިތަދޫ ޕޯޓުގެ ނީލަންތަކުގައިވެސް އާއްމުންނަށް ބައިވެރިވެވޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
އޯކްޝަން ޕޯޓަލްއިން ހިތަދޫ ޕޯޓުގެ ނީލަންތަކުގައި އޮންލައިންކޮށް ބައިވެރިވުމުގެ ހިދުމަތް އެމްޕީއެލްއިން ތައާރަފް ކުރި އިރު މީގެ ކުރިން އެ ޕޯޓަލްއިން ބައިވެރިވެވޭނީ މާލޭ ވިޔަފާރި ބަނދަރުގެ ނީލަންތަކުގައި އެކަންޏެވެ.
އެމްޕީއެލްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާރު އޯކްޝަން ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރު އެއްވެސް ފީއެއް އަދި ރެޖިސްޓްރޭޝަނަކާ ނުލާ އެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ. އަދި އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައި އެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެކަމަށްވެސް އެމްޕީއެލްއިން ބުނެ އެވެ.
އެމްޕޯއެލް އިން އޯކްޝަން ޕޯޓަލް އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. މިއީ މާލޭ ވިޔަފާރި ބަނދަރަށް ގެނެސް ގިނަ ދުވަސް ވަންދެން ކްލިއަރ ނުކޮށް ހުންނަ މުދާ ވިއްކާލަން ބާއްވާ ނީލަންތަކުގައި ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެކުންފުނިން ތައާރަފް ކުރި ހިދުމަތެކެވެ.
އެމްޕީއެލްއިން ވަނީ ހިތަދޫ ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް ނީލަމުގައި އޮންލައިންކޮށް ބައިވެރިވެ، ބިޑުކޮށް، އޮންލައިންކޮށް ފައިސާވެސް ދެއްކޭނެ އިންތިޒާމު އެ ޕޯޓަލްގެ ތެރެއިން ހަމަޖައްސާފަ އެވެ. މީގެ އިތުރުން ނީލަމުގައި ބައިވެރިވާ ފަރާތަކަށް އެ ފަރާތުން ގަންނަން ބޭނުންވާ މުދަލުގެ ހުރިހާ މައުލޫމާތެއް ޕޯޓަލް މެދުވެރިކޮށް ލިބޭނެކަމަށް އެމްޕީއެލްއިން ބުނެ އެވެ.
ހިތަދޫ ޕޯޓުން އާންމުކޮށް ނީލަމުގައި ވިއްކާލަނީ މޮޓޯ ވެހިކަލްކަމަށް އެމްޕީއެލްއިން ބުނެ އެވެ. އަދި ކުރިއަށް އޮތްތާ އޯކްޝަން ޕޯޓަލްއަށް ކުޅުދުއްފުށި ޕޯޓުގެ ނީލަމުގެ ހިދުމަތްތައްވެސް ތައާރަފް ކުރުމަކީ ކުންފުނީގެ ވިސްނުމެއްކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު