މޫސުން ރަނގަޅުވާން ފެށުމާއެކު މާލެ ސަރަހައްދުގައި ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މޫސުން ރަނގަޅުވެ، އޮފީސްތައް ހުޅުވުމާއެކު، ރޯދަ މަހުގެ ތިން ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު ފުރަތަމަ ދެދުވަހާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ އެންމެ ޕީކްގަޑީގައި 79 މެގަވޮޓްގެ ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުންވެސް މި ރޯދަ މަހު މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މޫސުން ރަނގަޅުވާން ފެށުމުގެ އިތުރުން އޮފީސްތައް ހުޅުވުމާއެކު، ރޯދަ މަހުގެ ތިން ވަނަ ދުވަހު މާލެއާއި، ހުޅުމާލޭގައި ކަރަންޓު ބޭނުން ކުރި މިންވަރު ވަނީ ފުރަތަމަ ދެދުވަހާ އަޅާ ބަލާއިރު އިތުރުވެފައި. pic.twitter.com/a85mKxZrLG
— STELCO (@STELCOMALDIVES) March 4, 2025
ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
އެގޮތުން ކޮންމެ ގޭބިސީއެއްގެ ކަރަންޓު ބިލުންވެސް މި ރޯދަ މަހު މަދުވެގެން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު