ކަރަންޓު ބިލް ދައްކަން ދަތިވާ ފަރާތްތަކަށް ސްޓެލްކޯގެ ވެބްސައިޓު މެދުވެރިކޮށް ފައިސާ ދައްކާ މުއްދަތު އިތުރުކުރަން އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތް ހޯދަދޭން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ތަފާތު އެކި ސަބަބުތަކާހުރެ ކަސްޓަމަރުންނަށް ބިލް ދައްކަން ދަތިވާނަމަ އެފަރާތްތަކަށްވެސް ލުއިފަސޭހަ ގޮތް އޮންނާނެ ކަމަށެވެ.
އެގޮތުން ބިލްގެ މުއްދަތު އިތުރު ކުރަން ބޭނުންވާނަމަ ސްޓެލްކޯގެ އެއްވެސް އިސް ފަރާތަކަށް ނުގުޅައި، ތިރީގައިވާ ލިންކު މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް މުއްދަތު އިތުރު ކުރުމަށް އެދެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
https://stelco.com.mv/rpex
ފަހުމީ ވިދާޅުވީ ސްޓެލްކޯއަކީ ކަސްޓަމަރުންނާ ގާތުން މަސައްކަތް ކުރާ، ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުން ތިބި ކުންފުންޏެއް ކަމަށެވެ.
އަދި ސްޓެލްކޯއިން ރައްޔިތުންނަށް އޮޅުވާލައިގެން އެެއްވެސް މަސައްކަތެެއް ނުކުރާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި "ހަސަން ކުރުސީ" ގެ ނަމުން ހިންގަމުންދާ އެކައުންޓަކުން ފަހުމީ ޓެގް ކޮށް ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުމްނެވެ. އެ ޕޯސްޓުގައި އެފަރާތުން ބުނެފައިވަނީ ރޯދައާއި އީދާ ގުޅިގެން ކަރަންޓު ބިލު ދެއްކުމަށް ބައެއް ފަރާތްތަކަށް ދަތިވާނެ ކަމަށާއި، އެހެންވެ ބިލް ދެއްކުމުގެ މުއްދަތު 30 ދުވަހަށްވުރެ އިތުރު ކޮށްދޭން ޖެހޭ ކަމަށެވެ.
މި ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައި ރައީސް މުޢިއްޒު ވަނީ އެކަން އިއުލާން ކުރަށްވާފައެވެ. އެގޮތުން ކަރަންޓު ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވާއިރު ފެން ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައެވެ.

އަޅުގަނޑު އަބަދުވެސް މި ދަންނަވާ ވާހަކައަކީ ސްޓެލްކޯއަކީ ކަސްޓަމަރުންނާއި ގާތުން މަސައްކަތް ކުރާ ގައުމަށް އިހުލާސްތެރި އަދި މަސައްކަތުގެ އަހުލާގާއި ސުލޫކު ހިފަހައްޓައިގެން މަސައްކަތް ކުރާ މުވައްޒަފުންތަކެއް ތިބި ކުންފުންޏެކޭ. މި ކުންފުންޏަކުން ރައްޔިތުންނަށް އޮޅުވައެއް ނުލާނެ.… https://t.co/fSS4bI1uaQ
— Hussain Fahmy (@HussainFahmy09) March 4, 2025
ފަހުމީ މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި "ހަސަން ކުރުސީ" ގެ ނަމުން ހިންގަމުންދާ އެކައުންޓަކުން ފަހުމީ ޓެގް ކޮށް ކުރި ޕޯސްޓަކަށް ޖަވާބު ދެއްވަމުމްނެވެ. އެ ޕޯސްޓުގައި އެފަރާތުން ބުނެފައިވަނީ ރޯދައާއި އީދާ ގުޅިގެން ކަރަންޓު ބިލު ދެއްކުމަށް ބައެއް ފަރާތްތަކަށް ދަތިވާނެ ކަމަށާއި، އެހެންވެ ބިލް ދެއްކުމުގެ މުއްދަތު 30 ދުވަހަށްވުރެ އިތުރު ކޮށްދޭން ޖެހޭ ކަމަށެވެ.
މި ރޯދަމަހުވެސް ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދޭން ނިންމައި ރައީސް މުޢިއްޒު ވަނީ އެކަން އިއުލާން ކުރަށްވާފައެވެ. އެގޮތުން ކަރަންޓު ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވާއިރު ފެން ބިލުން 10 އިންސައްތަ ޑިސްކައުންޓް ދޭން އެމްޑަބްލިޔުއެސްސީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު