މަރްޔަމް ނަހްދާ ވަޙީދު   6 މާރިޗު 2025 - 4:16
ރޯސްޓު ކޮށްފައި ހުރި ބަރަބޯ އޮށް، ގޫގުލް އިމޭޖެސް
ރޯސްޓު ކޮށްފައި ހުރި ބަރަބޯ އޮށް، ގޫގުލް އިމޭޖެސް
ބަރަބޯ އޮށަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ، ރަހަމީރު ސުޕަފުޑެކެވެ. މިއީ ގިނަ އަދަދަކަށް ނިއުޓްރިއެންޓުތައް ހިމެނޭ އެއްޗަކަށްވީއިރު، މި ބޭނުން ކުރުމުން ސިއްހަތަށް ގިނަގުނަ ފައިދާތައް ލިބެއެވެ.

މިފަހަރު މި ހިމަނާލަނީ ބަރަބޯ އޮށް ސުޕަފުޑަކަށްވާ ބައެއް ސަބަބުތަކެވެ.

ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ

ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް މެގްނީޒިއަމް އާއި ހަށިގަނޑަށް ފައިދާހުރި ފެޓު ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން މީހާގެ ލޭގެ ޕްރެޝަރު ރެގިއުލޭޓު ކުރެވި، ހަށިގަނޑުގައި ގެއްލުންހުރި ކޮލެސްޓްރޮލް ހުންނަ މިންވަރު ދައްކޮށްދެއެވެ. މިކަމުގެ ސަބަބުން ހިތުގެ މަސައްކަތްތައް އިތުރަށް ފުރިހަމަވެ، ހިތުގެ ސިއްހަތު ރަނގަޅު ވެގެން ދެއެެވެ.

ނިދީގެ ކޮލިޓީ ރަނގަޅު ކޮށްދޭ

ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ޓްރިޕްޓޮފައިން ހިމެނޭ އެއްޗެކެވެ. މިއީ ހަށިގަނޑުގައި ސެރެޓޮނިން އުފައްދައިދިނުމުގައި އެހީވެދޭ އެމިނޯ އެސިޑެކެވެ. މީހާއަށް ހަމަނިދި ލިބި، މޫޑު ރެގިއުލޭޓު ކުރުމަށްޓަކައި ސެރެޓޮނިން އަކީ ބޮޑު ރޯލެއް އަދާ ކުރާ އެއްޗެކެވެ. އެހެންވެ، މި ކެއުމުން މީހާގެ ނިދީގެ ކޮލިޓީ ރަނގަޅުކޮށްދެއެވެ.

ބަރުދަން ލުއިކުރުމަށް އެހީވެދޭ

ބަރަބޯ އޮށަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން އާއި ފައިބާ އެކުލެވޭ އެއްޗެކެވެ. މި ކެއުމުން ގިނަ އިރު ބަނޑު ފުރިފައި ހުންނަ ކަމުގެ އިހުސާސް މީހާއަށް ކުރެވެއެވެ. އަދި އޭގެ ސަބަބުން ކާއެއްޗެހި ކަވައިގަންނަ ވަރު މަދުވެ، ކެއުން ކޮންޓްރޯލު ކުރެވެއެވެ. މީގެ ސަބަބުން ފަސޭހަކަމާއެކު ބަރުދަން ލުއިވެއެެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން