މާރާމާތަށް ބަންދުކުރުމަށްފަހު ރަސްފަންނު ވަގުތީގޮތުން އާންމުންނަށް ހުޅުވާލައިފިއެވެ.

ރަސްފަންނު މަރާމާތަށް ބަންދުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ތަނަށް ކުރެއްވި ޒިޔާރަތެއްގައި އެތަނުގެ ހާލަތު ދަށްކޮށް އޮތްތަން ފެނިވަޑައިގެން އެތަނުގެ މަރާމާތުތަކެއް ކުރިއަަށް ގެންދިޔުމަށް ނިންމެވުމާ ގުޅިގެން އެ މަސައްކަތަށެވެ.

ކުޑަ ދުވަސްކޮޅެއްތެރޭ ހައުސިންގ މިނިސްޓްރީން ވަނީ ބީޗުގެ ގިރައިގެން ގޮސްފައިވާ ސަރަހައްދަށް ވެލިއަޅައި އެއްވަރުކުރުމާއި، މޫދަށް ފައިބާ ސަރަހައްދަށް ޖަމާވާ ޗަކަ ނެގުމުގެ މަސައްކަތާއި، ފެންވަރާ ތަންތަން މަރާމާތު ކުރުމާއި، ހަލާކުވެފައިވާ ހަޓުތަކާއި ޖޯލިތައް އަދި ބާބަކިއު ސްޓޭންޑްތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްފައެވެ.

އެ މަސައްކަތްތައް ނިންމާލުމަށްފަހު ހައުސިންގ މިނިސްޓްރީން މިއަދު ވަނީ އާންމުންނަށް ރަސްފަންނު ހުޅުވާލާފައިވާކަން އާންމުކޮށް އަންގާފައެވެ.

ރަސްފަންނުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާގޮތް ބައްލަވާލެއްވުމަށް މިއަދު ރައީސް ޑރ. މުޢިއްޒު ވަނީ އެ ތަނަށް ވަޑައިގެންފައެވެ. މި ޒިޔާރަތުގައި ހައުސިންގ މިނިސްޓަރު ޢަބްދުﷲ މުއްތަލިބު އަދި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން