މާލޭގެ ގެއެއް ބަލައި ފާސްކޮށް، 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މީހުން ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި އިމިގްރޭޝަން ވޮޗަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނީ، މއ. ހިތިލާގެ ދޭކުން އާންމު ގޮތެއްގައި ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަ ކަމަށާއި އެތަކެތި ޑެލިވަރީ ކުރަން އެކި ވަގުތުތަކުގައި ގިނަ އަދަދެއްގެ ސައިކަލު އެ ގެ ކައިރީ ޕާކުކޮށްފައި ހުންނަކަމަށާއި އަދި މެންދުރު ކާގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވަރީކުރަން އެ ގެއިން މީހުން ނިކުންނަ މަންޒަރު ފެންނަ ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެތަނަށް ގޮސް ބަލައި ފާސްކުރިއިރު އެ އިމާރާތުގައި 76 ބިދޭސީން އުޅޭކަން ފާހަގަ ކުރެވުނު ކަމަށާއި އޭގެތެރެއިން 32 މީހުންނަކީ ސައްހަ ވިސާނެތި ވަޒީފާދިން ފަރާތަށް ފިލައިގެން އުޅޭ ފަރާތްތަކެއްކަން ހާމަވެފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އެ 32 ބިދޭސީން މިހާރުވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައިކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު