ކުޅިވަރު ކުރިއެރުވުމުގެ ދާއިރާއިން ކުރެވިދާނެ ކަންކަތައްތަކާ ބެހޭ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، ސްރީލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު، ރާފިޢު ވަނީ ކުޅިވަރު ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ ކަންކަން ލަންކާގެ ސަފީރު ޑީ. އަމާނުﷲ އާ ހިއްސާކުރައްވާފައެވެ. އަދި މި ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދެވުމުގައި ލަންކާއިން އެއްބާރުލުން ދެވިދާނެ ދާއިރާތަކަކީ ކޮބާތޯ ބައްލަވާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ކުޅިވަރުގައި ހޯދިދާނެ ފުރުސަތުތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ދެ ގައުމުގެ ގައުމީ ޓީމުތަކުން ގުޅިގެން ކުޅިވަރުގައި އެއްބާރުލުމާއި އެހީތެރިކަންދީ، ތަމްރީނު ޕްރޮގްރާމުތައް ރާވައި ހިންގުމާއި، ކުޅުންތެރިންނާއި ކުޅިވަރުތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ކުޅިވަރުތަކުގެ ތެރެއިން ދެ ޤައުމު އެއްހަމައެއްގައި ގިންތިކުރެވޭ ޓީޓީ އާއި ވޮލީ ފަދަ ކުޅިވަރުތަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ޓްރެއިނިން ކޭމްޕުތައް ބޭއްވުމަށްވެސް މަޝްވަރާކުރެއްވިއެވެ.
ވަޒީރު ވަނީ މި ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް ލަންކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ފާއިތުވެދިޔަ ތިން އަހަރެކޭ އެއްގޮތަށް ކުރިއަށް އޮތްތަނުގައިވެސް ލަންކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ސަފީރު ޑީ. އަމާނުﷲ ވަނީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރަށް ދެއްވާފައެވެ.
އަވައްޓެރި ލަންކާއަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއާ އަބަދުވެސް ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ ކުޅިވަރު ޓީމުތައް ވަނީ ލަންކާގައި ކޭމްޕްކޮށް ތަމްރީނުތައް ހަދާފައެވެ. މީގެ އިތުރުން ވޮލީ އާއި ކްރިކެޓް ފަދަ ކުޅިވަރުތަކުގައި ރާއްޖޭގެ ޓީމުތަކުން ލަންކާގެ ކުޅުންތެރިން ފެންނަ އަދަދު ގިނަކަމަށް ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު