އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މަޖިލީހުގެ ނާއިބު ރައީސް އަޙްމަދު ނާޒިމާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާ ބައްދަލު ކުރެއްވިކަމަށްބުނެ އޮންލައިން ނޫހަކުން ފެތުރި ވާހަކަތައް ޤާސިމް ދޮގުކުރައްވައިފިއެވެ،
ޤާސިމް މިރޭ އެކްސްގައި ވިދާޅުވީ، 5 މާރިޗް 2025 ދުވަހުގެ “ދިޔަވަރު.ކޮމް” ނަމުގައި ހިންގާ އޮންލައިންނޫހެއްގައި،“ރޯޔަލް އައިލެންޑުގައި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، މަޖިލީސް ނާއިބު ރައީސް އަޙްމަދު ނާޒިމް ސުޕްރީމްކޯޓު ފަނޑިޔާރުންނާއި ދެކޮޅަށް ރޭވި ސިއްރު ރޭވުން” ނަމުގައި ޢަޒީޒު ޢާމިރު ނަމުގައި ލިޔެފައިވާ އާޓިކަލަކީ އެއްވެސް ހަޤީޤަތެއް ނެތް ބުހުތާނު ވާހަކަތަކެއް ކަމަށެވެ.
ޤާސިމް ވިދާޅުވީ، އެ އާޓިކަލްގައި ހަޤީޤަތް ނެތް މިންވަރުގެ ފުރިހަމަ އެއް މިސާލަކީ، 2025 ވަނަ އަހަރު ޖަނަވަރީ މަހު، މާލެއިން ރޯޔަލް އައިލެންޑަށް އަޙްމަދު ނާޒިމް ވަޑައިގެން ޤާސިމާއި އުއްތަމަ ފަނޑިޔާރާއި، މުހައްމަދު ޝިހާބު ރޯޔަލް އައިލަންޑުގައި ބައްދަލު ކުރިކަމަށްލިޔެފައި ވުންކަމަށެވެ.
ޤާސިމް ވިދާޅުވީ އެއީ އެމަނިކުފާނުގެ ކުންފުނިން ހިންގާ ރިސޯޓެއް ނަމަވެސް، ޤާސިމް ރޯޔަލް އައިލެންޑަށް ވަޑައިނުގަންނަވާތާވެސް މިހާރު 3 އަހަރު ވެދާނެ ކަމަށެވެ.
“އެންމެ ފަހުން އަޅުގަނޑު ރޯޔަލް އައިލަންޑަށް ގޮސްފައިވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހު އޮތް ށ އަތޮޅު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިއިލެކްޝަން ގައި ށ ކޮމަންޑޫ ދާއިރާއަށް ކުރި ދަތުރުގެ ތެރޭގައެވެ. މި އާޓިކަލްގައި ބަޔާންކޮށްފައިވާ މުޙަައްމަދު ޝިހާބުވެސް އަދި މިހާރުގެ އުއްތަމަ ފަނޑިޔާރުވެސް ރޯޔަލް އައިލަންޑް ރިސޯޓަށް 2024 އަދި ހިނގަމުން މިދާ 2025 ވަނަ އަހަރުގެ މިހިސާބަށް އެ ރިސޯޓަށް އެއްވެސް ބޭނުމަކު ވަޑައިގެންފައެއް ނުވެއެވެ” ޤާސިމްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ޤާސިމް ވަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދޭ ގޮތަށް އެއްވެސް ހަޤީޤަތެއް ނެތި ސިޔާސީ ބޭނުމުގައި ވަކި ބަޔަކު އޮންލައިން ނޫސްތަކުގައި ފަތުރާ އަދި ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތައް ހުއްޓުވައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އަދި ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ، ހަޤީޤަތެއް ނެތް ދޮގުވާހަކަ ފަތުރާ ސިޔާސީ މަޤްޞަދުތައް ހާސިލް ކުރުމުގެ ބޭނުމުގައި މުޖުތަމަޢު ފަސާދަ ކުރުމަށްއޮތް ލައިސަންސެއް ކަމަށް ދެކި، މިފަދަ ޢަމަލުތައް ތަކުރާރު ކުރާފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅިގެން ނޫނީ މިފަދަ ކަންކަން ހުއްޓުމަކަށް ނާންނާނެކަމަށް ވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.
"މިފަދަ ލިޔުންތައް ލިޔެ ޝާއިއުކުރާ މީހުންނަކީ މިފަދަ ދޮގު ޚަބަރު ފެތުރުމުގައި ހުރި ނުބައިކަމާއި، ފާފަވެރިކަން އިނގިތިބެ، މުޖުތަމަޢު ފަސާދަ ކުރުމުގެ ބޭނުމުގައި މިފަދަ ޢަމަލުތަައް ތަކުރާރު ކޮށް ކުރާ މީހުންނެވެ." ޤާސިމް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު