ހަޖަމުގެ ނިޒާމުގެ މައްސަލަތަކަކީ އޭގެ ސަބަބުން މީހާއަށް ގިނަ ތަކުލީފުތަކެއް ކުރިމަތި ކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ބައެއް މީހުންނަށް ކާން ބޯން އުނދަގޫވެ، ބައެއް ފަހަރު އިތުރު ސިއްހީ މައްސަލަތައްވެސް ދިމާވެއެވެ. މިފަހަރު މި ހިމަނާލަނީ ރޭގަނޑު ކެއުމަށްފަހު ކާއެއްޗެހި ފަސޭހައިން ހަޖަމު ކުރަން ބޭނުންވާނަމަ ކުރަންވީ ބައެއް ކަންކަމެވެ.
ހިނގާލުން
ކެއުމަށްފަހު 10 ވަރަކަށް މިނިޓަށް ހިނގާލަން ދިއުމަކީ ކާއެއްޗެހި ފަސޭހައިން ހަޖަމު ކުރުމަށް އެހީވެދޭ ކަމެކެވެ. މިހެން ހެދުމުން ލޭގައި ހަކުރު ހުންނަ ވަރު ހަމައަކަށް އަޅުވައިދީ، މީހާގެ މެޓަބޮލިޒަމްވެސް ރަނގަޅު ކޮށްދެއެވެ. އަދި ބަނޑުގައި ވައި ހެދުމުންވެސް ހުއްޓުވައިދެއެވެ.
ތާފެނާ ފެން ބުއިން
ކައި ނިންމާލުމަށްފަހު ތާފެނާ ފެން ބުައިމަކީވެސް ހަޖަމުގެ މަސައްކަތްތައް އަވަސް ކޮށްދޭ ކަމެކެވެ. މިހެން ހެދުމުން ފެޓުތައް ފުނޑުފުނޑުކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމަށް އެހީވެދެއެވެ. އަދި އޭގެ ސަބަބުން ބަނޑުހަރުވުމުން ދުރުކޮށްދީ، އަދި ބަނޑުގައި ވައި ހެދުން ހުއްޓުވައިދެއެވެ. އަދި ކާއެއްޗެހި ފަސޭހައިން ހަޖަމު ކުރުމަށްވެސް އެހީވެދެއެވެ.
ޕްރޯބައޮޓިކް ކާނާ ކެއުން
ކައި ނިމުމަށްފަހު ޕްރޯބައޮޓިކް އެކުލެވޭ ކާނާ ކެއުމަކީވެސް ފަސޭހައިން ކާއެއްޗެހި ހަޖަމު ކުރުމަށް އެހީވެދޭ ކަމެކެވެ. ޔޯގަޓު ފަދަ ޕްރޯބައޮޓިކް ހުންނަ އެއްޗެހި ބޭނުން ކުރުމުން ހަޖަމުގެ ނިޒާމަށް ބޭނުންވާ ފައިދާހުރި ބެކްޓީރިއާ ލިބި، އޭގެ ސަބަބުން ހަޖަމުގެ މައްސަލަތައް ހައްލުކޮށްދީ، ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓު ލިބިދިނުމަށް އެހީވެއެވެ. އަދި ބަނޑުގައި ވައި ހެދުމާއި ބަނޑު ހަރުވުން ފަދަ މައްސަލަތަކުން މީހާ ދުރުކޮށްދެއެވެ.

ކިޔުންތެރިންގެ ހިޔާލު