ހުވަދުއަތޮޅު ދެކުނުބުރީގެ ފަޅުރަށެއް ކަމަށްވާ ގަމުގައި އިންވެސްޓްމަންޓްތައް ހިންގުމުގެ ފުރުސަތަށް ގައްދޫ ކައުންސިލުން ހުޅުވާލައިފިއެެވެ.
ގައްދޫ ކައުންސިލުން ބުނީ ގައްދޫގެ ބިނާވެށި ޕްލޭންގައި ރަށުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށްވާ ގަމުގައި ވަކި ދާއިރާތަކުން މަޝްރޫއުތައް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މިރަށުގައި އިންވެސްޓް ކުރަން ހުޅުވައިލީ ފަތުރުވެރިކަމާ ގުޅުންހުރި ކަންކަމާއި ދަނޑުވެރިކަމާއި ،މަސްވެރިކަމާއި ގުޅުން ހުރި ކަންކަމަށެވެ. މީގެ އިތުރުން ޕްރޮޑަކްޝަނާއި މެނުފެކްޗަރިންއާ ގުޅުން ހުރި ކަންކަމާއި ރިސާޗާއި ގުޅުންހުރި ކަންކަމަށް ވެސް އިންވެސްޓްކުރެވޭނެ ކަމަށް ގައްދޫ ކައުންސިލުން ބުންޏެވެ.
ކައުންސިލުން އިތުރަށް ބުނީ ގަމުގައި އިންވެސްޓްކުރަން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ. އެގޮތުން ޝޯޓްލިސްޓް ކުރެވޭ އެންމެ ރަނގަޅު ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތަކަށް ރިއާޔަތްކޮށް އެ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 30 އާ ހަމައަށް ލެޓަރ އޮފް އޮތޮރައިޒޭޝަން (އެލްއޯއީ) ހުށަހެޅުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު