މަސައްކަތް ނިންމާފައި ނުވާތީ ފިނޭންސް މިނިސްޓްރީން ދެ ކުންފުންޏަކާމެދު ފިޔަވަޅު އަޅައި ސަސްޕެންޑްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން ސަސްޕެންޑްކޮށްފައިވަނީ ވޯޓަރ ޕާކް މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކާއި ކެއަރވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ނަކަމަށް ކިޔާ ކުންފުންޏެކެވެ. މި ދެ ކުންފުންޏަށްވެސް މިނިސްޓްރީގެ ބީލަންތަކުގައި ބައިވެރިނުވެވޭނެ އެވެ.
އެގޮތުން ވޯޓަރ ޕާކް މޯލްޑިވްސް ސަސްޕެންޑް ކުރީ ވ. ކެޔޮދޫ އަދި ރ. އަލިފުށީގައި ހިންގަން ހަވާލުކުރި މަޝްރޫއަކަށް ބޭނުންވާ ބައެއް ތަކެތި ފޯރުކޮށް ނުދިނުމުގެ ސަބަބުންނެވެ.
އަދި ކެއަރވަން މެޑިކަލް ޕްރައިވެޓް ލިމިޓެޑް ސަސްޕެންޑްކޮށްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ އެކްސްރޭ މެޝިނާއި ޑެންޓަލް ޗެއާއެއް ގެންނަން ހަވާލުކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ އެވެ.
މިނިސްޓްރީން ދެ ކުންފުންޏެއް ސަސްޕެންޑުކުރި އިރު މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތުގައި ބީލަންތައް ކާމިޔާބުކޮށް މަޝްރޫއުތައް ހިންގުމާ ހަވާލުވުމަށް ފަހު އެ ގަވާއިދާ ހިލާފުވާ ކުންފުނިތަކާއި ސަޕްލަޔަރުން ބަލައި ފިޔަވަޅު އަޅަންޖެހެ އެވެ. އެގޮތުން ބީލަންވެރިން ނުވަތަ މަސައްކަތާ ހަވާލުވާ ކުންފުނިތައް ސަސްޕެންޑް ކުރެވޭނެ ހާލަތްތައް ވެސް ގަވާއިދުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު