މާލޭގައި މިރޭ ލޮރީ އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އެއްވެސް މީހަކު ސީރިއަސް އަނިޔާ އެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ވެލި ބަރު ކޮށްގެން ދިޔަ ލޮރީ އެއްގައި ސައިކަލަކުން ޖެހި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާ ލޮރީ ދަށުވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ވަނީ އާންމުވެފައެވެ. އެމީހާ ލޮރީގެ ދަށުން ނަގަން ވަރަށް ގިނައިރު ހޭދަވި ކަމަށް ވަނީ އަޑުފެތުރިފައެވެ.



ފުލުހުންގެ ޚިދުމަތުން ބުނީ މިރޭ 21:00 ހާއިރު، ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް އެ މަގުން ދިޔަ ލޮރީއެއްގައި ޖެހި އެކްސިޑެންޓު ވި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ ލޮރީ ދަށުވީ ސައިކަލު ކަހާލައިގެން ގޮސް ކަމަށާއި އޭނާގެ ގައިމަތިން ލޮރީ ދިޔައީ ނޫން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާ އަށް އެއްވެސް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން