ރާއްޖޭގައި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އޭގެ ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރި ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓްކުރަން މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

އެ މައްސަލައިގައި މި މަހުގެ ފަސްވަނަ ދުވަހު ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ ސޮފިގުލް އިސްލާމް، 44އ، އެވެ.

ފުލުހުން އޭނަ ހައްޔަރުކުރީ ކައުންޓަރ-ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން ހުއްޓުވައި ބަލައިފާސްކޮށް ދިރިއުޅޭ ތަން ވެސް ބަލައިފާސްކޮށް ބަނގުރާ ފެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ހައްޔަރުކުރި އިސްލާމްގެ އަތުން 18 ފުޅި ބަނގުރާ ފެނިފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު