ފ. އަތޮޅުގެ މަގޫދު އާއި ދަރަނބޫދޫގައި އާ ލައިސަންސް ޓްރެކެއް ހުޅުވުމަށް އެރަށްރަށުގެ ކައުންސިލްތަކުން ތައްޔާރުވެއްޖެ އެވެ.
އަލަށް ގާއިމުކުރާ މި ޓްރެކްތަކާ އެކު، އެ ދެ ރަށުގެ ރައްޔިތުންނަށް 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ޓްރެކްތައް ހުޅުވުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ޓީމަކުން ވަނީ ދެ ރަށުގައިވެސް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހިންގައިފަ އެވެ. މި ޕްރޮގްރާމްގެ މަގުސަދަކީ ލައިސަންސް ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނުތައް ކައުންސިލްތަކަށް ދިނުމެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އާ ޓްރެކްތައް ހުޅުވުމާއެކު، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށްޓަކައި ކައިރި އެހެން ރަށްރަށަށް އަދި މާލެ އައުމުގެ ބުރަ އުފުލަން ނުޖެހޭނެ ކަމަށާއި މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ކަމަށެވެ.
މީގެ އިތުރުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މ. ކޮޅުފުށީގައި ވެސް ވަނީ ޑްރައިވިންގ ލައިސަންސް ޓްރެކެއް ހުޅުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު