ޤުރްއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލުކުރާ ފަރާތްތަކުގެ ދަސްވެނިވުން ފާހަގަ ކުރުމަށް ބާއްވަން ނިންމާފަައިވާ ރަސްމީ ޖަލްސާ މި ރަމަޝާން މަހު ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނި ވީނަމަވެސް އެ ފަރާތްތަކަށް މީގެ ކުރިން އެކަމުގެ ސެޓްފިކެޓާއި އިނާމު ދީފައިވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާގައި ނުވަތަ ގައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ފަދަ ރަސްމިއްޔާތެއްގައެވެ.
ނަމަވެސް، ހާފިޒުންނަށް ދޭ ސަމާލުކަން އިތުރުކޮށް އެ ފަރާތްތަކުގެ ދަސްވެނިވުން މި އަހަރުން ފެށިގެން ވަކި ޖަލްސާއެއްގައި ބާއްވަން ނިންމިކަން މިދިޔަ އަހަރު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ ފާހަގަ ކުރައްވާފައެވެ.
އެ ނިންމެވުމާ އެއްގޮތަށް މި އަހަރު ބާއްވާ ޖަލްސާ މި ރަމަޟާން މަހުގެ 27 ވިލޭރޭ ބާއްވަން ނިންމާފައިވާކަމަށް މިއަދު އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އެ ޖަލްސާގައި 20 އާއި 25 އާއި ދެމެދުގެ އަދަދަކަށް ހާފިޒުން ދަސްވެނިވާނެކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު