މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި އެޑްމިޓު ކޮށްފައިތިބޭ ބަލި މީހުންނަށް މި ރޯދަ މަހު ޒިޔާރަތްކުރާ ވަގުތު އިތުރުކޮށްފިއެވެ.
މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިންގުމަށް ހަދާފައިވާ ކުންފުނި، މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ހަލީމް މިއަދު އެކްސްގައި ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްތަކުގައި އެޑްމިޓު ކޮށްގެން ފަރުވާދޭ ބަލިމީހުންނަށް ރޯދަމަހު ޒިޔާރަތްކުރާ ވަގުތު ހަވީރު 5:00 ން ފެށިގެން ރޭގަނޑު 10:30 އަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އާންމުގޮތެއްގައި ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިތިބޭ ބަލިމީހުންނަށް ޒިޔާރަތް ކުރެވޭ ވަގުތަކީ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށެވެ.
މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ތެރޭގައި ހިމެނެނީ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލެވެ.

ކިޔުންތެރިންގެ ހިޔާލު