ފޮރިން ސާވިސްގެ ގާނޫނާ ހިލާފަށް އެ ސާވިސްއަށް 70 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން އައްޔަނުކޮށްފައިވާކަން ހާމަވެއްޖެ އެވެ.
ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ފޮރިން ސާވިސްގެ ގާނޫނުގައި ބުނެފައިވާ ގޮތުން އެ ސާވިސްއަށް އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ފޮރިން ސާވިސްގެ ޖުމްލަ އަދަދުގެ 20 ޕަސެންޓްއަށް ވުރެ މަތިވެގެން ނުވާނެ އެވެ.
އެހެން ނަމަވެސް އެ އަދަދަށް ވުރެ ސިޔާސީ މަގާމުތައް އިތުރުވެފައިވާކަމަށް އަޑު ފެތުރިފައިވާތީ އަސްލު އަދަދުތައް ހާމަކުރުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް އޮތީ ލިޔުމުން ޖަވާބު ދެއްވުމަށް އެދި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލްއާ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބު މިއަދުގެ މަޖިލީހުގައި ވަނީ އިއްވައިފަ އެވެ.
އެގޮތުން ފޮރިން ސާާވިސްގެ ދަށުން ހިންގާ މިޝަންތަކާއި ހެޑްކުއާޓާސްތަކާއެކު ސިޔާސީ މަގާމުތަަކަށް މި ސަރުކާރުން އައްޔަނުކުރި ބޭފުޅުންގެ އަދަދު 132 އަށް އަރަ އެވެ. އަދި ފޮރިން ސާވިސްގެ ސްޓާފްގެ ގޮތުގައި 139 ސްޓާފުން ތިބެއެވެ.
އެހެންކަމުން ފޮރިން ސާވިސްގެ ގާނޫނާ ހިލާފަށް 77 ސިޔާސީ މުވައްޒަފުން އެ ސާވިސްއަށް ވަނީ އައްޔަނުކޮށްފަ އެވެ.
ގާނޫނުގައި ބުނާ އަދަދަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނިމިގެން ދިޔަ ސަރުކާރުގައި ވެސް ފޮރިން ސާވިސްއަށް އައްޔަނުކުރި އެވެ. މިއަދު އާންމުކުރި މިނިސްޓަރުގެ ސިޓީގައިވާ ގޮތުން ނިމިގެން ދިޔަ ސަރުކާރުގައި ފޮރިން ސާވިސްގައި 253 މުވައްޒަފުން ތިބިއިރު އޭގެ ތެރެއިން 116 މުވައްޒަފުންނަކީ ސިޔާސީ މުވައްޒަފު ނެވެ. އެހެންކަމުން އޭރު ގާނޫނާ ހިލާފަށް ފޮރިން ސާވިސްގައި 55 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު