ރޯދަމަހާ ދިމާކޮށް މިއަހަރުވެސް ޒުވާނުންނަށް އަމާޒުކޮށް ހާއްސަ ހަރަކާތްތަކެއްގެ ގޮތުން "ޒުވާނުންގެ ބަދިގެ" ކައްކާ ޕްރޮގްރާމް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުޤުވެރިކަން ހުންނަ ޒުވާނުންނަށް އެ ދާއިރާއިން ކުރިއަށް ދިއުމަށް ފުރުޞަތު ފަހިކޮށްދިނުމާއި، ދާއިރާގެ މާހިރުންގެ ފަންނީ މަޢުލޫމާތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނާ ހިއްސާކުރުން ކަމަށެވެ.
މިފަހަރުގެ ޕްރޮގްރާމްވެސް ހާއްސަކޮށްފައިވަނީ އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަކީ ހިލޭ ލިބޭ ފުރުޞަތެއް ކަމުގައިވާއިރު، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރުފަހު 1:00 ގެ ކުރިން ރަޖިސްޓްރީ ވާންޖެހޭނެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައެވެ.
"ޒުވާނުންގެ ބަދިގެ" ޕްރޮގްރާމް ކުރިއަށް ގެންދާނީ ހަތަރު އެޕިސޯޑަކަށް ބަހާލައިގެން، ތަފާތު ހަތަރު ބާވަތުގެ ކާނާ ތައްޔާރުކުރާ ގޮތް ދައްކުވައިދޭ ގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު