ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް
އެމްއެމްއޭ މެދުވެރިކޮށް އިޤްތިޞާދަށް ފައިސާ ވެއްދުމަކީ ޗާޕުކުރުން ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް މިއަދު ވިދާޅުވެއްޖެއެވެ.

އަޒާން މިހެން ވިދާޅުވެފައިވަނީ އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ގަތުމުގެ މުއާމަލާތުގެ ތެރެއިން 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިޤްތިޞާދަށް ނެރުމަށް އެމްއެމްއޭއިން ނިންމާފައިވާކަމުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް މިކަން އެޗްޑީސީން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އެމްއެމްއޭއިން ހިންގުމަށް ތައްޔާރު ވަމުންދާ މިމުޢާމަލާތާއި ގުޅިގެން އަޒާން ވިދާޅުވީ އެމްއެމްއޭ މެދުވެރިކޮށް އިގުތިޞާދަށް ފައިސާ ވެއްދުމަކީ ފައިސާ ޗާޕުކުރުން ނުވަތަ ނުވަތަ މަނިޓަރީ ފައިނޭންސިން ނޫން ކަމަށް ނުވާނެ ކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަމެއް ނުކޮށް، އިޤްތިޞާދީ ނުތަނަވަސްކަމެއް އުފެދިދާނެފަދަ ސިޔާސަތުތަކުން ދުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އަޒާން ވިދާޅުވިއެވެ.



ހަމައެއާއެކު އަޒާން ވިދާޅުވީ މިދިޔަ ސަރުކާރުން ފައިސާ ޗާޕުކުރުމުގެ ސަބަބުން އިޤްތިޞާދަށް ދިމާވި ދަތިތަކުން އަދިވެސް އަރައިނުގަނެވޭ ކަމަށެވެ. އަދި މިސަރުރާރުން 15 ބިލިއަނެއްހާ ރުފިޔާ ޗާޕުކޮށްފިނަމަ ތަކެތީގެ އަގު ބޮޑުވެ ޑޮލަރު އެކްސްޗޭންޖު ރޭޓު މަތިވެ އިޤްތިޞާދީ ނުތަނަވަސްކަން އިތުރުވެގެންދާނެ ކަމަށްވެސް އަޒާން ވިދާޅުވެފައިވެއެވެ.

ހަމައެހެންމެ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ފައިސާ ޗާޕުކުރުމާ ދެކޮޅަށް މިދިޔަ ސަރުކާރަށް ތަކުރާރުކޮށް ލަފާދިން ކަމަށާއި މި ސަރުކާރަށްވެސް އެއިދާރާއިން ލަފާދެމުންދަނީ އެގޮތަށް ކަން އަޒާން ފާހަގަ ކުރެއްވިއެވެ.

އަޒާން މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަޙްމަދު ނާޒިމް ދާދިފަހުން ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ޙާލަތު ރަނގަޅުވަމުންދާ މަންޒަރު ނުފެންނަ ކަމަށާއި އަދި ދަޢުލަތުގެ ހަރަދުތައް ކުޑަ ކުރެވިގެންދާ ތަންވެސް ނުފެންނަ ކަމަށެވެ.

ނާޒިމްގެ އިތުރުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހިމްވެސް ވަނީ ޤައުމު އޮތް ހާލަތު ރައީސަށް ކިޔައިދޭންޖެހޭ ކަމަށާއި އިޤްތިޞާދު ރަނގަޅުވާނީ ސަރުކާރުގެ ފޯމެޓަށް ބަދަލުތަކެއް ގެނެވިގެން ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން