ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ގައުމީ ސަލާމަތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި މިރޭ ފަށައިފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުލުހުންގެ އިންޓަލިޖެންސަށް ލިބުނު މައުލޫމަތާކާއި ގުޅިގެން މިރޭ ދިވެހި ފުލުހުންގެ ހިދުމަތާއި ރާއްޖޭގެ ގައުމީ ދިފާއީ ބާރު ގުޅިގެން ގައުމީ ސަލާމާތާއި ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްގެންދާނެ ކަމަށެވެ.
"މި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ލިބޭ ވަރަކުން ހާމަކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
އިންޓެލް ރިޕޯޓަކާ ގުޅިގެން ސިފައިންނާއި ފުލުހުން ގުޅިގެން ކުއްލި އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ ބަޔާން ހިއްސާކުރުމަށް ފަހު، ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން ވަނީ އެ ބަޔާން ޑިލީޓްކޮށްފައެވެ. އެއަށްފަހު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ ކަމާ ގުޅުންހުރި ބައެއް މައުލޫމާތު ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭގެ ފަހުން މާލޭގައި ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެގޮތުން ޖުމްހޫރީ މައިދާން ސަރަހައްދުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިމާރާތް ކައިރީގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާ ތަން ފޮޓޯތަކުން ފެނެއެވެ. ފުލުހުންނާއި ސިފައިންވަނީ އެ ސަރަހައްދުން ތަރުކާރީ ބަރުކޮށްގެން ދިޔަ ލޮރީއެއް ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން މާލޭގެ ބައެއް ގެތަކާއި ހުޅުމާލޭގެ ބައެއް ތަންތަން ވެސް ފުލުހުންނާއި ސިފައިން ގުޅިގެން އަންނަނީ ބަލައި ފާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު